ދުނިޔެ

އިޒްރާއިލްގެ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް މުޅި ދުނިޔެ އަޑުއުފުލުމަށް ހަމާސްއިން ގޮވާލައިފި

އިޒްރާއިލްގެ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް މުޅި ދުނިޔެ އަޑުއުފުލުމަށް ހަމާސްއިން ގޮވާލައިފި

ރޭ އިޒްރާއިލުން ދިން ހަމަލާތަކުގައި ޝަހީދުވި ބައެއް މީހުންގެ ހަށިތައް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 މާރިޗު 2025، 01:37

18 މާރިޗު 2025، 01:37

އިޒްރާއިލްގެ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް މުޅި ދުނިޔެ އަޑުއުފުލުމަށް ހަމާސްއިން ގޮވާލައިފިއެވެ.

ހަމާސްއިން ބުނެފައިވަނީ ޢަރަބި އިސްލާމީ ޤައުމުތަކުގެ ރައްޔިތުންނާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޣައްޒާގެ މިނިވަންކަމަށް އަޑު އުފުލަމުންދާ ފަރާތްތަކަށް އަލުން އެމަސައްކަތް ފަށާ އިހުތިޖާޖުތައް ފެށުމަށް ގޮވާލަން އެދޭކަމަށެވެ. 

ހަމާސްއިން ގޮވާލައިފައިވަނީ ހައްދުފަހަނައަޅައިފައިވާ އިޒްރާއިލްގެ ޒަޔަނިސްޓުން ޣައްޒާގެ ރައްޔިތުންގެ މުޅި ނަސްލު ނައްތާލުމަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ގޮވާލާ އިހްތިޖާޖުތައް ކުރުމަށް ގޮވައިލައިފައެވެ. 

ހަމާސްއިން މިފަދަ ގޮވާލުމެއް ގޮވާލައިފައިވާއިރު އިޒްރާއިލުން ބުނެފައިުވަނީ މިހަމަލާތަކަކީ ހަމާސްއިން ރަހީނުން ދޫކޮށްލުމަށް ދެކޮޅު ހެދުމުގެ ނަތީޖާ ކަމަށެވެ. 

މީގެއިތުރުން ޣައްޒާގެ ތެރޭގައި ތިބި ފަލަސްޠީނުގެ ރައްޔިތިުން އެތަން ދޫކޮށް ދިޔުމަށް އިޒްރާއިލުން މިހާރު ވަނީ އިންޒާރުދީފައެެވެ. އަދި ބިން ދޫކޮށްނުދިޔަނަމަ އެތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދީ ހަނގުރާމައިގެ ވަރުގަދަ މައިދާނަކަށް އެތަން ހަދާލާނެ ކަމަށް އިޒްރާއިލުން ވަނީ ބުނެފައެވެ.

އިންޒާރެއް ދިނުމެއް ނެތި ދިން ހަމަލާތަކުގެ ސަބަބުން 300 އެއްހާ މީހުން ޝަހީދުވެގެން ގޮސްފައިވާއިރު ޝަހީދުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނާއި ޢުމުރުން ދުވަސްވީ މީހުންނެވެ. 

އިޒްރާއިލްގެ މިހަމަލާތައް އިޒްރާއިލްގެ ވާގިވެރިޔާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުށްވެރިކޮށްފައެއް ނުވެއެވެ. އިޒްރާއިލާއި ފަލަސްޠީނާއި ދެމެދު ހަމަލާތައް ހުއްޓާލުމަށް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރި ޞުލްޙައިގެ ވާހަކަތަކުގެ ދެވަނަ ބުރަށް އިޒްރާއިލުން ހާޒިރުވެފައިނުވަނީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ތާއީދާއި އެކުއެވެ. 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS