ރަހަފަތް

ސައިޑް ޑިޝްއަކަށް، ނިކަން އަލުވި ފްރައި ޓްރައިކޮށްލަބަލަ

ސައިޑް ޑިޝްއަކަށް، ނިކަން އަލުވި ފްރައި ޓްރައިކޮށްލަބަލަ

އަލުވި ފްރައި

20 މާރިޗު 2025، 03:13

އަލުވި ފްރައި

ރޯދަ މަހަކީ ހައްޓަށް ފަސޭހަ މަހަކަށް ހެދުމަށް ކޮންމެ މީހެއް ވެސް ބޭނުންވާނެކަން ޔަޤީނެވެ. އެހެންކަމުން، މިއަދުގެ ރެސިޕީގައި މި ގެނެސްދެނީ ސައިޑް ޑިޝްއެއްގެ ގޮތުގައި ކެއުމަށް އަލުވި ފްރައި ތައްޔާރުކޮށްލާނެ ފަސޭހަ ގޮތެކެވެ.

ބޭނުންވާ ތަކެތި:

  • 4 ލޮނުމެދު
  • 1 ފިޔާ
  • 1 މޭޒުމަތީ ސަމުސާ ކޮރިއަންޑަރ
  • 4  އަލުވި (ފެނުކައްކާފަ)
  • 1/2 ސައިސަމުސާ ހަނާކުރި ހަވާދު
  • 1/2 ސައިސަމުސާ ރީނދޫ
  • 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ޒައިތޫނި ތެޔޮފޮދު ހޫނުކޮށްލާ، ލޮނުމެދުކޮޅާއި ފިޔާކޮޅު ވަޅޯކޮށްލާށެވެ. ދެން ހަނާކޮށްފައި ހުރި ހަވާދުކޮޅު އަޅާފައި އެއްކޮށްލާށެވެ. އެއަށްފަހު، އޭގެތެރެއަށް ރީނދުކޮޅެއް އަޅާލާފައި ފިޔާގަނޑު ރަތްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ފެނުކައްކާފައި ހުރި އަލުވިކޮޅު އަޅާފައި އެއްކޮށްލާށެވެ. އެއަށްފަހު، ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް އަޅާލާފައި ރަހަތައް ހެޔޮވަރުކޮށްލާށެވެ. އުނދުން ނިއްވާލުމުގެ ކުރިން ކޮރިއަންޑަރކޮޅެއް އަޅައިލާ އެއްކޮށްލުމުން މި ޑިޝް ފުރިހަމަވެގެންދާނެއެވެ.  


މި ލިޔުން ކިޔާލުމުން