ރަހަފަތް

ސްޓްރޯބެރީ ޓްރައިފަލް: ސަޅި ކޮންބޯއެއް

ސްޓްރޯބެރީ ޓްރައިފަލް: ސަޅި ކޮންބޯއެއް

ސްޓްރޯބެރީ ޓްރައިފަލް

21 މާރިޗު 2025، 03:48

ސްޓްރޯބެރީ ޓްރައިފަލް

ސްޓްރޯބެރީ އަކީ، އަދި ކަސްޓަރޑްގެ މީރު ފްލޭވާރއަކީ ވެސް، އާންމުންގެތެރޭގައި މަޤުބޫލު، އެ ރަހަތަކަށް ޒުވާނުން ދެވިހިފާފައިވާ މީރު ރަހަތަކެކެވެ. މިގޮތުން، މި ރެސިޕީ އަކީ، ކަސްޓަރޑް ބޭނުންކޮށްގެން މީރު ސްޓްރޯބެރީ ޓްރައިފަލް އެއް ތައްޔާރުކުރާނެ ގޮތުގެ ފަސޭހަ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

2 ޖޯޑު ވިޕިންގ ކްރީމް
2 ޖޯޑު ކަސްޓަރޑް (ކައްކާފަ)
200ގ ސްޓްރޯބެރީ (ފޮތިކޮށްފަ)
3 މޭޒުމަތީ  ސަމުސާ ސްޓްރޯބެރީ ޖޭމު 
1 ސްޕޮންޖު ކޭކު (ކުޑަ)

ތައްޔާރުކުރާނެ  ގޮތް:

އެންމެ ފުރަތަމަ ވިޕިންގ ކްރީމްކޮޅު ތައްތާރުކޮށްލާށެވެ.  ވިޕިންގ ކްރީމްކޮޅު ރަނގަޅަށް ތަތް ވަންދެން މިކްސް ކޮށްލާށެވެ. ދެން ކުރިން ތައްޔާރުކޮށްލާފައި ހުރި ސްޕޮންޖު ކޭކު މެދުން ފަޅާލާށެވެ. އެއަށްފަހު، ކޭކުގައި ޖޭމު ހޭކުމަށްފަހު ކޭކުގެ މަތީބައި ޖަހާށެވެ. ދެން ކޭކު އެކި ބައިބަޔަށް ކަފާލާށެވެ. ދެން މި ޑެޒަރޓް ޕްލޭޓްކުރުމުގެ ކުރިން، ކައްކާފައި  ހުރި ކަސްޓަރޑުކޮޅު ހަރުވެފައި ހުރިނަމަ މައިކްރޯވޭވް ކޮށްލާށެވެ.

މި ޑެޒަރޓް ޕެލޭޓްކުރުމަށް ތައްޓެއްގައި ކަފާލާފައި ހުރި ސްޕޮންޖު ކޭކުކޮޅު އަތުރާލާށެވެ. ދެން އޭގެ މައްޗަށް ކައްކާފައި ހުރި  ކަސްޓަރޑުގެ ލޭޔަރ އެއް އަޅާލާށެވެ. އެއަށްފަހު، ފޮތިކޮށްފައި ހުރި ސްޓްރޯބެރީ ކޮޅު ތަށީގެ ވަށައިގެންވާ ގޮތަށް އަތުރާލާށެވެ. ދެން އޭގެ މައްޗަށް ވިޕްޑް ކްރީމްކޮޅު އެޅުމަށްފަހު މައްޗަށް ކޮށާފައިހުރި ކުޑަ ސްޓްރޯބެރީކޮޅެއް އަޅާށެވެ. މިހާ ހިސާބުން މިހުރީ މީރު މީރު ސްޓްރޯބެރީ ޓްރައިފަލް ކެއުމަށް  ތައްޔާރުވެފައެވެ.

މި ލިޔުން ކިޔާލުމުން