ދުނިޔެ

ރޭގެ ހަމަލާތަކުގައި އެކަނިވެސް ފަސް ކުދިން ޝަހީދުވެފައިވޭ

ރޭގެ ހަމަލާތަކުގައި އެކަނިވެސް ފަސް ކުދިން ޝަހީދުވެފައިވޭ

އިޒްރާއިލްގެ ހަމަލާގައި ޝަހީދުވި ދެކުދިން. ފޮޓޯ:ޤުދުސް ނެޓްވޯކް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 މާރިޗު 2025، 01:16

22 މާރިޗު 2025، 01:16

އިޒްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ރޭ އެކަނިވެސް ޣައްޒާގެ ފަސް ކުޑަކުދިން ޝަހީދުވެއްޖެއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ރޭގެ ހަމަލާތަކުގައި ވެއްޓުނު އިމާރާތެއްގެ ދަށުގައި އެއް އާއިލާއެއްގެ 8 މެމްބަރުން ތާށިވެފައި ތިބިކަމަށެެވެ. 

ޣައްޒާގެ އެކިހިސާބުތަކަށް ހުއްޓުމެއް ނެތި އިޒްރާއިލުން ހަމަލާތައް ދެމުންދާއިރު، ޣައްޒާގެ އެކި ހިސާބުތަކަށް އަރައި އިޒްރާއިލުން ދަނީ ބުލްޑޯޒަރުތަކުން ޣައްޒާގެ އާންމުންގެ ގެތައް ވެސް ހަލާކުކުރަމުންނެވެ. އަދި މީގެއިތުރުން ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ވެސް އިޒްރާއިލުން ވަނީ އަރައިގަނެފައެވެ. 

ހިންދް ޚައުދަރީ އަލްޖަޒީރާއަށް ބުނެފައިވަނީ ބައިތް ލަހިޔާ، ބައިތް ހަނޫން އަދި އުތުރުގެ ހުރިހާ ހިސާބެއްގައި ހުރި ގެތައް ބުލްޑޯޒަރުތަކުން ހަލާކުކުރަމުންދާ ކަމަށާއި މި ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި އެ ސަރަހައްދުން މީހުން ބޭރަށް ނެރުމުގެ އަމުރުވެސް އިޒްރާއިލްގެ އަސްކަރިއްޔާއިން ނެރެފައިިވާކަމަށެވެ.

ހިންދު ބުނެފައިވަނީ އެ ސަރަހައްދުތަކުގައި ތިބި މީހުންނަށް އެތަނުން ނުކުތުމަށް އިޒްރާއިލުން އަންގައިފައިވާއިރު ފަލަސްތީނުގެ ރައްޔިތުން ގޮސް ވަންނާނެ ތަންތަންތަން މިހާރު ނެތްކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުން އެންމެން އެތަނުން ބޭރަށް ނުކުމެފައެއް ނުވާކަމަށާއި، އަދި ހަނގުރާމައިގެ ދުވަސްވަރު ރައްކާތެރިކަން ހޯދުމަށް ކުރި ދަތުރުތައް އަލުން ތަކުރާރު ކުރަން ބޭނުން ނުވާކަމަށް އެ ސަރަަހައްދުގެ ބަޔަކު ބުނެފައިވާކަމަށެވެ.

ހިންދު ބުނެފައިވަނީ މިޙާލަތިއޮތީ ހަމައެކަނި ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުގައި ނޫން ކަމަށާއި، ޣައްޒާގެ މެދުތެރޭ ސަރަހައްދުގައި ވެސް އޮތީ މިޙާލަތުގައި ކަމަށެވެ.

މުޅި ރޭ ޣައްޒާގެ ހުރިހާ ހިސާބަކުން ހުއްޓުމެއްނެތި ގޮވުންތަކުގެ އަޑު އިވިފައިވާކަމަށާއި ނެޓްޒަރީމް ކޯރިޑޯގައި ހުރި ގެތައްވެސް ބުލްޑޯޒަރުން ހަލާކުކޮށްލައިފައިވާ ކަމަށް ހިންދު ބުނެފައިވެއެވެ.

އިޒްރާއީލުގެ ސިފައިން ނެޓްޒާރިމް ކޯރިޑޯއަށް އަރައިގަތީ މީގެ ދެ ދުވަސް ކުރިން ކަމަށާއި އެއީ އެ ސަރަހައްދު ކޮންޓްރޯލް ކުރަމުން ދިޔަ ސެކިއުރިޓީ ކުންފުނި އެތަންދޫކޮށް ދިޔުމުން ކަމަށް ހިންދު ބުނެފައިވެއެވެ.

މިހާރު ފަލަސްތީނުގެ ރައްޔިތުންނަށް ޣައްޒާގެ އުތުރުގެ ހިސާބުތަކަށް ނުވަތަ ދެކުނުގެ ހިސާބުތަކަށް ސަލާހުއްދީން ކޯރިޑޯ މެދުވެރިކޮށް ވަދެވޭނެ ގޮތެއް ނެތް ކަމަށްވެސް ހިންދުވަނީ ބުނެފައެވެ.

މިދިޔަ ހަފްތާގެ އަންގާރަދުވަހު ފެށި ހަމަލާތައް ފެށިފަހުން މިހާރު ޣައްޒާއިން 600 އެއްހާމީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 200 އެއްހާ ކުޑަކުދިންނާއި 100 އެއްހާ އަންހެނުން ހިމެނޭނެ ކަމަށް އދ.އިން ވަނީ ލަފާކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS