ދުނިޔެ

އިސްރާއީލާއެކު ހުރިހާ ގުޅުމެއް ކަނޑާލުމަށް އަރަބި ލީގުން ގޮވާލައިފި

އިސްރާއީލާއެކު ހުރިހާ ގުޅުމެއް ކަނޑާލުމަށް އަރަބި ލީގުން ގޮވާލައިފި

އަރަބި ލީގް ފޮޓޯ:އިންޓަރނެޓްް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 މާރިޗު 2025، 12:22

23 މާރިޗު 2025، 12:22

ހުލާސާ


ގާޒާއަށް އިސްރާއީލުން ދަނީ ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި 500 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މި ހަމަލާތަކާ ގުޅިގެން އަރަބި ލީގުގެ ލީޑަރުން ވަނީ އިސްރާއީލާއެކު ހުރިހާ އަސްކަރީ އަދި އިގްތިސާދީ ގުޅުމެއް ކަނޑާލުމަށް ގޮވާލާފައެވެ.

އަރަބި ލީގުން ބުނެފައިވަނީ އިސްރާއީލާއެކު ހުރި އަސްކަރީ ގުޅުންތައް މެންބަރު ގައުމުތަކުން މަޑުމަޑުން ކަނޑާލުމަށް ގޮވާލާނެ ކަމަށެވެ. އަދި އިގްތިސާދީ ބޮއިކޮޓެއް ކުރުމަށްވެސް ހިތްވަރު ދޭނެ ކަމަށެވެ. އިސްރާއީލާއެކު ވިޔަފާރި އަދި އަސްކަރީ ގުޅުން ބޭއްވުމަކީ ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ބައިވެރިވުން ކަމުގައި އެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ.

އަރަބި ލީގުން އިތުރަށް ފާހަގަކޮށްފައިވަނީ އަރަބި ގައުމުތަކުގެ އެއްބައިވަންތަކަން ވަރުގަދަކުރުމާއި ފަލަސްތީނުގެ ހައްގުތައް ހިމާޔަތްކުރުމަށް އަމަލީ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

2020 ވަނަ އަހަރު އެމެރިކާގެ މެދުވެރިކަމާއެކު ވެވުނު އިބްރާހީމް އެއްބަސްވުމާ ގުޅިގެން ގިނަ އަރަބި ގައުމުތަކަކުން އިސްރާއީލާއެކު އިގްތިސާދީ އަދި އަސްކަރީ ގުޅުންތައް ގާއިމުކޮށްފައިވެއެވެ. ނަމަވެސް ގާޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މި ގުޅުންތައް ވަނީ މަޑުޖެހިފައެވެ.

އަރަބި ލީގުން ވަނީ ގާޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ރަމަޟާން މަހުގައި ފަލަސްތީނު މުސްލިމުން ދަނީ ބޮޑު ހިތްދަތިކަމެއް އިހުސާސްކުރަމުން ކަމަށް ބުނެފައިވެއެވެ.
                    

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ބ

ބަޗީ

23/03/2025 15:01

ފޮނި ވާހަކަ ދައްކަނީ. ޢަރަބިވެރިން ދުނިޔެއަށް ދަހިވެތިވެފައިވާ މިންވަރު ވަރަށް ސާފު. އެހެން ނޫންނަމަ ތި އިޒުރޭލު ތިތާކު ނޯންނާނެކަން ޔަގީން.

N

NaNޚަދީޖާ

23/03/2025 15:28

މިހާރު ތިޔަދަނީރަނގަޅަށް