ޚަބަރު
މަޙްރަމަކާއި އެކު ޖިންސީ ޢަމަލެއް ހިންގަން އުޅުނު މީހަކަށް 7 އަހަރުގެ ޖަލު ޙުކުމެއް!
ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު. ފޮޓޯ:ޕީއެސްއެމް
މަޙްރަމަކާއި އެކު ޖިންސީ ޢަމަލެއް ހިންގަން އުޅުނު މީހަަށް 7 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.
އެމިހާގެ މައްޗަށް މި ޙުކުމް އިއްވައިފައިވަނީ ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުންނެވެ.
ކްރިމިނަލް ކޯޓުން މިޙުކުމް އިއްވައިފައިވަނީ ގ. ޢަރޫޝާމަންޒިލް، މާލެ ޙަސަން ރަޝީދު ގެ މައްޗަށެވެ. ހަސަން ރަޝީދުގެ މައްޗަށް މި ޙުކުމް އިއްވައިފައިވަނީ 22 އޮގަސްޓު 2024ގައެވެ.
ކްރިމިނަލް ކޯޓުން ބުނެފައިވަނީ، ކުށުގެ އުޤޫބާތެއްގެ ގޮތުން، ޖިންސީ ކުށުގެ ޤާނޫނު ގެ ދަށުން، ޙަސަން ރަޝީދު 7 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން މި ރިޕޯޓް ކޯޓުގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައެއް ނުވެއެވެ.
ނަމަވެސް މައްސަލައިގެ ޚުލާސާ ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލައާ ގުޅިގެން ޙުކުމެއް ކުރުމުގެ ކުރިން ޙަސަން ރަޝީދު ބަންދުގައި ހޭދަކުރި މުއްދަތު، އޭނާގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން އުނިކުރުމަށް ކަނޑައަޅައި، މިގޮތުގެ މަތިން ކޯޓުން ޙުކުމް ކޮށްފައިވާ ކަމެވެ.