ދުނިޔެ
ޔަމަނަށް ދޭން ފެށި ހަމަލާތަކުގައި 25 މީހަކާއި 4 ކުޑަ ކުއްޖަކު ޝަހީދުވެފައިވޭ: ރިޕޯޓް

ޔަމަނަށް ދިން ހަމަލާއަކަށްފަހު
ޔަމަނަށް އެމެރިކާގެ ޢަސްކަރިއްޔާއިން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 25 މީހަކާއި 4 ކުޑަކުއްޖަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ހަތް ދުވަހުގެ ތެރޭގައި އެމެރިކާއިން ޔަމަނަށް ވައިގެ މަގުން 38 ހަމަލާއެއް ދީފައިވެއެވެ. މިހަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 25 އަށް އަރާއިރު ޒަޚަމްވީ މީހުންގެ ޢަދަދު 28 އަރާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ހަމަލާތަކުގައި އެންމެ ގިނަ ބަޔަކު ޝަހީދުވެފައިވަނީ މާރޗް މަހުގެ 16 ވަނަ ދުވަހު ގަހުޒާ އަސް ސަފްރާ ޑިސްޓްރިކްޓްގެ ސާދާގައި ކަމަށާއި އޭގެ ތެރޭގައި އާންމުންގެ 10 މީހަކާއި ހަތަރު ކުޑަކުދިންވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
މިހަމަލާގައި އިތުރު 11 އާންމުންނަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެއެވެ.
އެމެރިކާއިން ފަށައިގެން އުޅޭ ޢަސްކަރީ ހަމަލާތަކުގެ ފުރަތަމަ ހަފްތާގައި، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެމެރިކާ އާއި އިނގިރޭސިވިލާތުގެ ހަމަލާތަކުގައި ޝަހީދުވިމީހުންނަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.