ޚަބަރު
މާދަމާވާނީ ރަމަޟާން މަހުގެ 30 އަށް: ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް
މާދަމާވާނީ ރަމަޟާން މަހުގެ 30 ވަނަ ދުވަހަށް ކަމަށް ކުރީގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވެފައިވަނީ ބަރާބަރު ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަށް އިރާއިހަނދު އޮއްސެނީ އެއްވަގުތެއްގައި ކަމަށާއި އެއީ 18ގަޑި 14 މިނެޓުގައި ކަމަށެވެ.
ވީމާ އިރު އޮއްސުމަށްފަހު އުދަރެހުގައި ހަނދެއް ނުހުންނާނެ ކަމަށާއި އަދި މާދަމާވާނީ ރަމަޟާން ތިރީހަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންނަމަވެސް އިސްލާމީ އެހެންޤައުމަކަށް މިރޭ ހަނދުސާބިތު ވެގެން ރާއްޖެއަށް ހަނދުލައްވައިފިނަމަ މާދަމާ ވާނީ ޢީދަށް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
ބަރާބަރު ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަށް އިރާއިހަނދު އޮއްސެނީ އެއްވަގުތެއްގައެވެ. 18ގަޑި 14 މިނެޓުގައެވެ. ވީމާ އިރު އޮއްސުމަށްފަހު އުދަރެހުގައި ހަނދެއް ނުހުންނާނެއެވެ. އަދި މާދަމާވާނީ ރަމަޟާން ތިރީހަށެވެ. އެހެންނަމަވެސް އިސްލާމީ އެހެންޤައުމަކަށް…
— Maumoon Abdul Gayoom (@maumoonagayoom) March 29, 2025
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ 8:00 ޖަހާއިރު ފެށޭނެއެވެ. ކޮމިޓީގެ މަޝްވަރާތަކަށްފަހު މިރޭ ހަނދާއި މެދު ނިންމާގޮތް އިޢުލާނުކުރާނެއެވެ.