Ads by Exprox

ޚަބަރު

މި އަހަރު ޒަކާތުގެ ގޮތުގައި 13.2 މިލިއަން ރުފިޔާ ލިބުނު

މި އަހަރު ޒަކާތުގެ ގޮތުގައި 13.2 މިލިއަން ރުފިޔާ ލިބުނު

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 މާރިޗު 2025، 03:36

30 މާރިޗު 2025، 03:36

މި އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި، ޒަކާތް ދައްކަން ޖެހޭ މުއްދަތު ހަމަވި އިރު 13.2 މިލިއަން ރުފިޔާ ލިބިފައިވާކަމަށް، އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. 

އަދި މިއީ މިހާތަނަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު އެންމެ ބޮޑު އަދަދުކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. 

އެގޮތުން މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި 12.5 މިލިއަން ރުފިޔާ ލިބުނު އިރު، އޭގެ ކުރީ އަހަރު ލިބުނީ 12.6 މިލިއަން ރުފިޔާއެވެ. އަދި 2022 ވަނަ އަހަރު 11.6 މިލިއަން ރުފިޔާ ލިބުނުކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކުރިން ހާމަކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރު އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. މި ބޭންކު މެދުވެރިކޮށް 7.3 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ދައްކާފައިވެއެވެ.

އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް 1.8 މިލިއަން ރުފިޔާ ދައްކާފައިވާއިރު، މޯލްޑިވްސް އިސްލާމިކް ބޭންކު މެދުވެރިކޮށް ދައްކާފައިވަނީ 1.2 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ފިތުރު ޒަކާތް ބަހާފައިވަނީ، ރާއްޖޭގެ ހުރިހާ ފަގީރުންގެ މެދުގައި އެއް ހަމައަކުންނެވެ. އެގޮތުން ކޮންމެ މީހަކަށް 4،500ރ. ދީފައިވެއެވެ.

މީގެ ކުރިން، އެ ރަށަކުން ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއެއް ބަހަނީ އެ ރަށެއްގައި ތިބި ފަގީރުންނަށެވެ. އެހެން ބަހާއިރު، ފަގީރުން މަދުން ތިބޭ ރަށްރަށުގައި ބޮޑު އަދަދެއް ލިބެއެވެ. އެގޮތުން ބައެއްފަހަރު 10،000ރ. އިން މަތިވެސް ލިބިފައި އެބަހުއްޓެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS