Ads by Exprox

ޚަބަރު

މަޖިލީސް މެމްބަރުންގެ މުސާރައަށް ބަދަލުގެނައުން ރަނގަޅީ މަޖިލީސް ދައުރެއްނިމި އާދައުރެއްގެ އިންތިޚާބަށް: އެމްޕީ ފަލާޙް

މަޖިލީސް މެމްބަރުންގެ މުސާރައަށް ބަދަލުގެނައުން ރަނގަޅީ މަޖިލީސް ދައުރެއްނިމި އާދައުރެއްގެ އިންތިޚާބަށް: އެމްޕީ ފަލާޙް

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙް. ފޮޓޯ:މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 އޭޕްރީލު 2025، 01:51

02 އޭޕްރީލު 2025، 01:51

މަޖިލިސް މެމްބަރުންގެ މުސާރައަށް ބަދަލުގެނައިުން ރަނގަޅީ މަޖިލީހުގެ ދައުރެއްނިމި އާދައުރެއްގެ އިންތިޚާބަށް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ. 

ފަލާޙް މިހެން ވިދާޅުވީ އޭނާ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ. 

މެމްބަރު ފަލާޙުގެ މިފަދަ ޕޯސްޓެއް ފެނިގެން ގޮސްފައިމިވަނީ މަޖިލިަސް މެމްބަރުންގެ މުސާރަ ކުޑަކޮށް އިނާޔަތްތައް އުނިކުރުމަށް ގޮވާލާ އަމިއްލަ ޖަމިއްޔާއަކުން ހުށައެޅި ޕެޓިޝަނަކާއި ގުޅިގެނެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާޙް ވިދާޅުވީ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކޮށް އިނާޔަތްތައް ގޯސް ޚިޔާލެއްނޫން ކަމަށެވެ.

ނަމަވެސް އެމްޑީޕީގެ ސުޕަރމެޖޯރިޓީ އޮތް 19ވަނަ މަޖިލީހުން މަޖިލީހުން ފައިބައިގެން ދިޔައީ މެމްބަރެއްގެ މުސާރަ އެއްލައްކައަށް ހަދަން ކަމާގުޅުންހުރި ކޮމިޓީއިން ފާސްކޮށްފައި ކަމަށް ވެސް ފަލާޙް ވިދާޅުވިއެވެ.

އަދި އެކަން އެގޮތަށް ނުކުރަން އިރުޝާދުދެއްވީ މިހާރުގެ ރަޢީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކަމަށެވެ. 

ހަމަ އެއާއި އެކު އަޅުގަނޑުގެ ވިސްނުން ދަންނަވަން، މަޖިލީސް މެމްބަރުންގެ މުސާރައަށް ބަދަލުގެނައުން ރަނގަޅީ މަޖިލީސް ދައުރެއްނިމި އާދައުރެއްގެ އިންތިޚާބަށް ސަބަބަކީ އެތައް މިލިއަން ރުފިޔާ ޚަރަދުކޮށް މަޖިލީހަށް ވަންނަ ތަނުން މުސާރަ ކުޑަކޮށްލުމުން އިިންތިޚާބަށް ނެގިދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެ ވީމަ އަލަށް 21ވަނަ މަޖިލީހަށް މެމްބަރަކަށް 5000 ރުފިޔާ ކަނޑައެޅީމަ އެމުސާރަ އޯކޭވެގެން ކުރިމަތިލާ މެމްބަރުންނަކަށް ޝަކުވާކުރެވޭކަށް ނޯންނާނެ.

ފަލާޙް ވިދާޅުވިއެވެ.

މީގެ އިތުުރުން އޭނާ ވިދާޅުވީ ހަމަ އެއާއިއެކު ކުރީގެ ރަޢީސުންގެ އިނާޔަތާމެދުވެސް ވިސްނާލުން މުހިއްމު ކަމަށާއި، ފަނޑިޔާރުންގެ ނަންވެސް ޕެޓިޝަނުގަ ޖަހާލިނަމަ "ސަޅި" ވިސްކަމަށެވެ.

އަދި ތަފާތު ދައްކަވާ އަދުގެ ޢިއްޒައިތްތެރި ރަޢީސް ރަޢީސް މުޢިއްޒު މުސާރައިގެ ދެބައިކުޅަ އެއްބައި ނަންގަވާ ކޮންމެ ކަމެއްގަވެސް ނަމޫނާ ދައްކަވާތި ރަޢީސް އަށް ޚާއްސަ ޝުކުރެއް ދަންނަވާކަމަށް ފަލާޙްގެ ޕޯސްޓުގައި ބުނެފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS