ކުޅިވަރު / ޚަބަރު

ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުން މިއަހަރަށް 6.4 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުން މިއަހަރަށް 6.4 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ރާއްޖޭގެ ޓީޓީ ކުޅުންތެރިޔާ ދީމާ/ފޮޓޯ: އެޑިޝަން އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 އޭޕްރީލު 2025، 01:33

03 އޭޕްރީލު 2025، 01:33

ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުން މިއަހަރަށް 6.4 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

މި އަހަރުގެ ބަޖެޓު ޓީޓީ އެސޯސިއޭޝަނުން ފާސްކުރީ އެއެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގެ ތެރެއިންނެވެ.

އެ އެސޯސިއޭޝަނުން ވަނީ، މިއަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ އެކި މުބާރާތްތަކުގައި ބައިވެރިވުމަށް ނިންމާފައެވެ. އެގޮތުން، ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ކޮލިފިކޭޝަނާއި، ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ވަނީ ނިންމާފައެވެ. ހަމަ އެހެންމެ، ބަހްރެއިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސް އާއި، ސަޢުދީ ޢަރަބިއްޔާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް ބައިވެރިވާނެއެވެ. މީގެ އިތުރުން، އިންޑިއާގައި ކުރިއަށްދާ އޭޝިއަން ޗެމްޕިއަންޝިޕްސްގައި ވެސް ބައިވެރިވުމަށް ނިންމާފައިވާކަމަށް އެ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ.

ޓީޓީ އެސޯސިއޭޝަނުން މަޢުލޫމާތުދޭ ގޮތުގައި، މި 5 މުބާރާތަށް ޖުމްލަ 1.3 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ. އަދި މީގެ ތެރެއިން ވެސް، އެންމެ ބޮޑު ޚަރަދެއް ދާނެކަމަށް ލަފާކޮށްފައިވަނީ ރާއްޖޭގައި ބާއްވާ ލޯކަލް މުބާރާތްތަކުގެ އިތުރުން ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމަށެވެ.

ޓީޓީއަކީ މިހާރު ދިވެހިރާއްޖޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމު އަންނަ ފޯރިގަދަ، އަދި އެހާމެ މަޤުބޫލު ކުޅިވަރެކެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS