Ads by Exprox

ޚަބަރު

ހިމަންދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ އަޑިއަށް ގޮސްފި

ހިމަންދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ އަޑިއަށް ގޮސްފި

ލޯންޗުގައި އަލިފާން ރޯވެ ނިއްވާލުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: ނުކުތާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޭޕްރީލު 2025، 03:41

04 އޭޕްރީލު 2025، 03:41

އއ.ހިމަންދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެއެވެ.

ފުލުހުން މިކަމާއި ގުޅިގެން ބުނެފައިވަނީ ހިމަންދޫ ބަނދަރުގައި އޮތް "ކައެލް ކިންގް" ނަމަކަށް ކިޔާ ލޯންޗެއްގައި ރޭ 5:50 އެހާއިރު އަލިފާން ރޯވި ކަމުގެ ރިޕޯޓެއް ލިބިފައިވާކަމަށެވެ.

އަދި ލޯންޗުގައި ރޯވި އަލިފާން ގަނޑު ނިއްވާލެވިފައިވަނީ ފުލުހުންނާއި، ރަށު ކައުންސިލާއި، ރަށުގެ އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން 6:26 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ލޯންޗުގައި އަލިފާނުގެ ހާދިސާ ހިނގިއިރު ލޯންޗުގެ ކެޕްޓަނާއި ދެ ކުރޫ އަދި ކުޑަކުއްޖަކު ލޯންޗުގައި ތިބިކަމަށާއި، ކުރޫއިންނަށް ކޮންމެވެސް ވަރަކަށް އަނިޔާވީނަމަވެސް، ބޮޑު އަނިޔާއެއް ލިބިގައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން އަލިފާން ރޯވި ލޯންޗުވަނީ ބޭނުންނުކުރެވޭ ވަރުވެފައި ކަމަށާއި ލޯންޗު އަޑިއަށް ގޮސްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިހާދިސާ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS