Ads by Exprox

ޚަބަރު

ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 11 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 11 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އިމިގްރޭޝަނުން ރޭ މާލޭގެ ކެފޭއެއްގައި ހިންގި ރެއިޑް އޮޕްރޭޝަންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 އޭޕްރީލު 2025، 10:52

05 އޭޕްރީލު 2025، 10:52

މާލޭގައި ހުންނަ ކެފޭއެއްގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 11 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި ކެފޭ ބަލައި ފާސްކޮށްފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ރޭ ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނުގައި މާލޭގައި ހުންނަ ކެފޭއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި ކެފޭ ހިންގަމުން ދިޔައީ ޢާންމު ޞިއްޙަތަށް ނުރައްކާވާގޮތަށް ކަމަށް އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ. ހަމަ އެހެންމެ، މި ކެފޭގައި ޞައްޙަ ވިސާއެއް ނެތި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 11 ބިދޭސީއަކު ފާހަގަވެފައިވާކަމަށް އިމިގްރޭޝަނުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި އެ މީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދައި، އެމީހުންނާއި މެދު އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތަކެއް ފަށައިފައެވެ. އަދި މި އޮޕަރޭޝަންތަކުގެ ދަށުން މިހާރު ވަނީ ގިނަ ޢަދަދެއްގެ ބިސޭސީންނެއް އަތުލައިގަނެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS