Ads by Exprox

ޚަބަރު

ގދ. ގައްދޫގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށަައިފި

ގދ. ގައްދޫގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށަައިފި

ގދ. ގައްދޫގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމަށް ފަހުމުނާމާއެއްގައި ސޮއިކުރުން/ފޮޓޯ: ޑީއެންއާރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 އޭޕްރީލު 2025، 11:35

05 އޭޕްރީލު 2025، 11:35

ގދ. ގައްދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ފަށާފައިވާކަމަށް ޑިޕާރޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރް އިން ވިދާޅުވެއްޖެއެވެ.

ޑީއެންއާރުން ވިދާޅުވީ، އެ އަތޮޅުގައި އައިޑީކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ދޭނީ ގދ. ގައްދޫ ކައުންސިލުން ކަމަށެވެ. އަދި މި ޚިދުމަތް އެ އަތޮޅުގައި ފެށުމާއި އެކު، މިއީ މާލެއިން ބޭރުން އަތޮޅުތަކުގައި މި ޚިދުމަތްދޭ 15 ވަނަ ސަރަޙައްދުކަމަށް ޑީއެންއާރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މީހުން ދިިރއުޅޭ ކޮންމެ އަތޮޅެއްގައި ވެސް އައިޑީކާޑުގެ ޚިދުމަތް ފޯރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. އެހެންކަމުން، މި ވަޢުދުފުޅާއި އެއްގޮތަށް އައިޑީކާޑު ޕްރިންޓުުކުރުމުގެ ޚިދުމަތް ގދ. ގައްދޫގައި ފެށުމަށް ވަނީ، އެރަށު ކައުންސިލާއި ޑީއެންއާރާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ޑީއެންއާރުން ވިދާޅުވީ، މި އެއްބަސްވުމާއި އެކު، ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. 

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ، އައިޑީކާޑުގެ ޚިދުމަތް ދިނުމަކީ ބޮޑު ހޭދައެއްވާ ކަމެއް ކަމަށެވެ. އެހެންކަމުން، މި ޚިދުމަތަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާ ވަރަކަށް އައިޑީކާޑުގެ ޚިދުމަތް ފުޅާވެގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ރާއްޖޭގެ އަތޮޅުތެރޭގެ ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފުރަތަމަ ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS