Ads by Exprox

ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޒްބަކިސްތާނަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޒްބަކިސްތާނަށް ވަޑައިގެންފި

އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި މަޖިލީހުގެ ރައީސް ވާހަކަފުޅު ދެއްކެވުން/ފޮޓޯ: މަޖިލިސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 އޭޕްރީލު 2025، 12:16

05 އޭޕްރީލު 2025، 12:16

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އުޒްބަކިސްތާނުގެ ތަޝްކެންޓަށް ފުރާ ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ، އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރެއްވެވި ދަތުރުފުޅެކެވެ. މި އެސެމްބްލީ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 5 އިން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުރާ ދާއިރާގެ މެންބަރު ޑޮކްޓަރ އަނާރާ ނަޢީމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ގެ އިތުރުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ބައިވެރިވެވަޑައިގަންނަވައެވެ.

އިންޓަރ ޕާލަމަންޓްރީ ޔޫނިއަން އަކީ 157 ޤައުމެއްގެ މައްޗަށް އެކުލެވިގެންވާ ޖަމުއިއްޔާއެކެވެ. އަދި މި ޖަމިއްޔާގެ 149 ވަނަ އެސެމްބްލީގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދުއްރަޙީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އައިޕީޔޫގެ އެންމެ ފަހުގެ އެސެމްބްލީ ކުރިއަށް ގެންގޮސްފައިވަނީ، ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS