ޚަބަރު
އެއާރޕޯޓަށް ފުރަން ދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ޓާރމިނަލްއަށް ފުރާ މީހުން ވަންނަ ދޮރާށި ---

ފަރުދުން
05 އޭޕްރީލު 2025، 01:48
05 އޭޕްރީލު 2025، 01:48
ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން ފުރަން އުޅުނު ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ވަޒަންތައް ފެނިފައިވަނީ ރޭ ފުރަން ޝެޑިއުލްކޮށްފައި އޮތް ފްލައިޓަކުން ފުރަން އުޅުނު މީހެއްގެ އަތުން ކަމަށެވެ. ނަމަވެސް އެ މީހާ ބޯޑުކުރަން އުޅުނީ ކޮން މަންޒިލަކަށް ދާން އުޅުނު ފްލައިޓަކުންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު މި މައްސަލަ މިހާރު ތަޙުޤީޤުކުރަން ފަށާފައިވާއިރު، އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޞިރުކުރުމުން 6 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.