ކުޅިވަރު

މޮރީނިއޯ ދިފާއުކޮށް ފެނަބާޗޭއިން ބުނީ އޮކާން އަކީ މޮޅު އެކްޓަރެއް ކަމަށް

މޮރީނިއޯ ދިފާއުކޮށް ފެނަބާޗޭއިން ބުނީ އޮކާން އަކީ މޮޅު އެކްޓަރެއް ކަމަށް

އޮކާންގެ ނޭފަތުގައި މޮރީނިއޯ ހިފުމުން އޭނާ ވެއްޓިފައި ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 އޭޕްރީލު 2025، 02:09

05 އޭޕްރީލު 2025، 02:09

ޓާރކިޝް ކަޕްގެ ކުއާޓާ ފައިނަލުގައި ގަލަޓަސަރާއީ އާއި ފެންބާޗޭ ބައްދަލުކުރި މެޗަށްފަހު، ފެނަބާޗޭގެ ކޯޗު ހޯޒޭ މޮރީނިއޯ އާއި ގަލަޓަސަރާއީގެ ކޯޗު އޮކާން ބުރުކް އާއި ދެމެދު ހިނގި ހާދިސާގައި މޮރީނިއޯގެ މައްސަލައެއް ނެތްކަމަށް ބުނެ ފެނަބާޗޭއިން އޭނާ ދިފާއުކޮށްފިއެވެ. ފެނާބާޗޭއިން ބުނީ އޮކާންއަކީ މޮޅު އެކްޓަރެއްކަމަށެވެ.

މިކަން ހިނގާފައިވަނީ ސުކްރޫ ސަރަކޮގްލޫ ސްޓޭޑިއަމްގައި ކުޅުނު މެޗަށްފަހު، ދަނޑުގެ މެދުގައި ދެ ޓީމުގެ އޮފިޝަލުން ބައްދަލުވި ވަގުތު، މޮރީނިއޯ ގޮސް އޮކާންގެ ނޭފަތުގައި ހިފިކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.

މެޗަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެމުން އޮކާން ބުނީ، އޭނާއަށް ޖިސްމާނީ ގޮތުން މާބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް،  މޮރީނިއޯގެ އެ އަމަލަކީ ރަގަޅު އަމަލެއް ނޫންކަމަށެވެ. އަދި އެއީ ކުޅިވަރުގެ ރޫޙާ ޚިލާފު ޢަމަލެއްކަން އޭނާ ފާހަގަކުރިއެވެ. 

މިކަމާ ގުޅިގެން ފެނަބާޗޭއިން ނެރުނު ބަޔާނުގައި ބުނީ، އޮކާން ވަނީ މޮރީނިއޯއަށް އިޝާރާތްކޮށް އަތުން ކުޅިވަރުގެ ރޫހާއި ހިލާފު އަމަލުތަކެއް ދައްކާފައި ކަމަށާއި، އަދި އޮކާންގެ ނޭފަތުގައި މޮރީނިއޯ ހިފީ އެކަމާއި ހިތްހަމަނުޖެހިގެންކަމަށެވެ. އަދި ނޭފަތުގައި ހިފި ވަގުތު އޮކާން މޮޅަށް އެކްޓުކުރި ކަމަށާއި، އޭނާ ވެއްޓިގަތީ މީހަކު އޭނާއަށް ބަޑިއަކުން ހަމަލާ ދިނުމުން ވެއްޓިގަތް ގޮތަށްކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިއީ ގަސްތުގައި ރާވައިގެން ބުރުކް ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. އަދި އޭނާގެ ފަރާތުން ފެނިގެންދިޔަ ކަންތައްތައް މި މެޗުގެ ވީޑއޯ ތަކުގައި ޑޮކިއުމެންޓް ކުރެވިފައި އެބަހުރި. އަދި އޭނާގެ ފަރާތުން ފެނިގެންދާ ކަންތައްތަކަކީ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ހުރިއިރުވެސް ފެނިގެންދިޔަފަދަ ކަންތައްތަކެއް.

މި މައްސަލައާ ގުޅިގެން ފެނަބާޗޭއިން ނެރުނު ބަޔާނުގައި ވެއެވެ.

މި ދެ ޓީމު ޓާރކިޝް ސުޕަ ލީގުގައި މިދިޔަ ފެބުރުއަރީ މަހު ކުޅުނު މެޗަށްފަހު ވެސް ވަނީ މޮރީނިއޯއާ މައްސަލަތަކެއް ޖެހިފައެވެ. އެ މެޗަށްފަހު މޮރީނިއޯގެ ފުށުން ނަސްލީ ތަފާތުކުރުމުގެ ޢަމަލުތައް ފެނިފައިވާތީ ޤާނޫނީ ގޮތުން އޭނާއަށް ދައުވާ ކުރާނެކަމަށް ވެސް އޭރު ގަލަޓަސަރާއީއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ވެސް، އަޚުލާގީ ދެ މައްސަލައަކާ ގުޅިގެން ހަތަރު މެޗުގެ ސަސްޕެންޝަނަކާއި 35،194 ޕައުންޑުގެ ޖޫރިމަނާއެއް ވަނީ މޮރީނިއޯއަށް މީގެ ކުރިން އައިސްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS