Ads by Exprox

ޚަބަރު

ހުޅުމާލޭގައި ޕިކްނިކް ބޭއްވުމަށް ހުއްދަ ނަގާކަށް ނުޖެހޭ އެކަމު ބައެއް ހާލަތްތަކުގައި ކަންކަން އޮޅުންފިލުވާނެ: އެޗްޑީސީ

ހުޅުމާލޭގައި ޕިކްނިކް ބޭއްވުމަށް ހުއްދަ ނަގާކަށް ނުޖެހޭ އެކަމު ބައެއް ހާލަތްތަކުގައި ކަންކަން އޮޅުންފިލުވާނެ: އެޗްޑީސީ

ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދު ފޮޓޯ:އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޭޕްރީލު 2025، 06:16

05 އޭޕްރީލު 2025، 06:16

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކުރި ގޮތުގައި، ހުޅުމާލޭގެ އާންމު ސަރަޙައްދުތަކުގައި ޕިކްނިކް ބޭއްވުމަށް އެ ކުންފުނިން ވަކި ހުއްދައެއް ނަގާކަށް ނުޖެހެއެވެ. ނަމަވެސް، ޕިކްނިކަށް މޭޒު ނުވަތަ ގޮނޑި ގެންދާނަމަ، ނުވަތަ ފޮޓޯ ނެގުމަށް ބެކްޑްރޮޕެއް ބަހައްޓާނަމަ، އެޗްޑީސީގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެޗްޑީސީގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑިޕާޓްމަންޓް ހެޑް، ހަސަން ޝަހީދު ވިދާޅުވި ގޮތުގައި، އާންމު ސަރަޙައްދުތައް ބޭނުންކުރުމާއި ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން އެ ކުންފުނިން އެކުލަވާލާފައިވާ ގައިޑްލައިނެއް އެބައޮތެވެ. މި ގައިޑްލައިންގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުން، އާންމުންނަށް ޕިކްނިކް ބޭއްވުމުގެ ހުއްދަ ދީފައިވާ ކަމަށާއި، އެކަމަށް އެޗްޑީސީން ހުއްދައެއް ނަގާކަށް ނުޖެހޭނެއެވެ.

މި ގަވާއިދު ހުރިހާ އާންމު ސަރަޙައްދުތަކަށާއި، ޕާކުތަކަށާއި އަދި ގޮނޑުދޮށްތަކަށްވެސް ހިނގާނެ

 ޝަހީދު 

އިތުރަށް އޭނާ ވިދާޅުވި ގޮތުގައި، އެޗްޑީސީގެ އިންސްޕެކްޓަރުން ދަނީ ހުޅުމާލެ ސާފުތާހިރުކޮށް ބެލެހެއްޓުމަށް މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން، ބައެއް ކަންކަން އޮޅުންފިލުވުމަށާއި ހިނގަމުންދާ ކަންކަން ރަނގަޅަށް ދެނެގަތުމަށްޓަކައި އާންމުންނާ ވާހަކަދައްކަން ޖެހިދާނެއެވެ. އަދި ބައެއް ހާލަތްތަކުގައި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، ޒިންމާދާރު ފަރާތެއްގެ ގުޅޭނެ ނަންބަރެއް ހޯދަން ޖެހިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS