Ads by Aqeeqa Maldives

ޚަބަރު

ބަނގުރާ ދަޅުތަކެއްގެ މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ދަޅުތަކެއްގެ މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ދަޅުތަކުގެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ބިދޭސީން ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 އޭޕްރީލު 2025، 01:56

06 އޭޕްރީލު 2025، 01:56

ބަނގުރާ ދަޅުތަކެއް ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދެ ފިރިހެނުންނެވެ. މީގެ ތެރެއިން އެކަކު ބަނގުލަދޭޝްއަށް ނިސްބަތްވާއިރު އަނެކަކުގެ ޤައުމިއްޔަތަކީ ނޭޕާލްއެވެ.

މި މައްސަލާގައި ހިމެނޭ ނޭޕާލްގެ ޓަކް ބަހާދުރު ރިލަމީ އާއި ބަނގުލަދޭޝްގެ ބަހާރު އުއްދީންއަކީ އުމުރުން 34 އަހަރުގެ ދެ މީހުނެވެ.

ފުލުހުންގެ ސަމާލުކަމަށް މި މީހުން އައީ ހުޅުމާލެ ފޭސް 1 ގައި ރޭ 22:00 އެހައިކަންހާއިރު ޕެޓްރޯލް ކުރަމުންދަނިކޮށެވެ. ފުލުހުންނަށް ފެނުނުއިރު ރީތިގަސް މަގު ބުރިޖު ދަށުން ޑިންގީއަކުން  މި ދެ މީހުން ފައިބަނީއެވެ. 

މި ދެ މީހުން އެ ޑިންގީއިން ފޮށިގަނޑެއް ބާލާމަންޒަރު ފުލުހުންނަށް ފެނުނުކަމަށް ހާމަކޮށްފައިވެއެވެ. އަދި ފުލުހުން އެ ތަނަށް ދިއުމުން، މިތަނުން އެކަކު ފިލަން މަސައްކަތްކުރިކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

ނަމަވެސް، މި ދެ މީހުން ހުއްޓުވުމަށްފަހު މި މީހުން ވަނީ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މީހުން ގެންގުޅުނު ފޮށިގަނޑުން 72 ބަނގުރާ ދަޅު ފެނިފައިވެއެވެ.

މި މައްސަލަ އިތުރަށް އަޙުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS