ޚަބަރު
އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން މުޙައްމަދު ވަޙީދު ވަކިކޮށްފި

އެޗްޑީސީގެ (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ވަޙީދު ---

ފަރުދުން
06 އޭޕްރީލު 2025، 02:23
06 އޭޕްރީލު 2025، 02:23
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމުގައި ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނު، އަލްފާޟިލް މުޙައްމަދު ވަޙީދު އެ މަޤާމުން މިއަދު ވަކިކޮށްފިއެވެ.
މުޙައްމަދު ވަޙީދު މި މަޤާމުން ވަކިކުރެއްވިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިންނެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް އެ ބޯޑުން ހާމަކޮށްފައެއް ނުވެއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމުގައި ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނު ގެ އަލްފާޟިލް މުޙައްމަދު ވަޙީދު މިއަދު އެ މަޤާމުން ވަނީ ވަކިކޮށްފައެވެ.
— Privatization & Corporatization Board (@pcb_gov) April 6, 2025
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވެ ޖިނާއީ ތަޙުޤީޤެއް ދައުލަތުގެ އިދާރާތަކުން ފެށުމާއެކު އެޗްޑީސީގެ އޭރުގެ ބޯޑު މެންބަރުން ސަސްޕެންޑްކޮށް ޕާސްޕޯޓު ވެސް ހިފެހެއްޓިއެވެ. ނަމަވެސް ފަހުން ވަނީ ސަސްޕެންޝަން އުވާލައި ޕާސްޕޯޓް ދޫކޮށްފައެވެ.
އެ މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ފަޒުލް ރަޝީދު ވަނީ މަޤާމުން ވަކިކޮށްފައެވެ. އަދި ފަޒުލްގެ ބަދަލުގައި އެ މަޤާމަށް އައްޔަންކުރީ މަޢުރޫފް ޖަމީލްއެވެ.