ޚަބަރު
ހޯނޑެއްދޫގެ އިޚްތިޞާސުން "ކަޑެވާރެހާ" ވަކިކޮށް އިންޓަގްރޭޓެޑް ޓޫރިޒަމަށް މަގުފަހިކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ގދ. ހޯނޑެއްދޫގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ "ކަޑެވާރެހާ" އެރަށުގެ އިޚްތިޞާސުން ވަކިކޮށްފިއެވެ. މިގޮތަށް ނިންމާފައިވަނީ އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްޤީކުރުމަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިގޮތަށް ނިންމެވީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް އިންޓަގްރޭޓެޑް ޓޫރިޒަމް އެރަށުގައި ތަރައްޤީކުރުމަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. މި ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ނެރުއްވި ޤަރާރެއްގައެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
— The President's Office (@presidencymv) April 6, 2025
https://t.co/UEjTJyhre9 pic.twitter.com/hmPMoQIiyN
މި ބަދަލާ ގުޅިގެން، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
އަތޮޅުތަކުގެ ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި، އިޤްތިޞާދީ އެކި މަސައްކަތްތައް ކުރެވޭނެހެން އެކި ރަށްރަށާ ކައިރީ ހުރި ފަޅުރަށްތައް ގެންދަވަނީ އެކި ކައުންސިލްތަކުގެ އިޚްތިޞާސްގެ ތެރޭގައި ހިމަނުއްވަމުން ކަމަށް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ. މިއީ ކައުންސިލްތައް ބާރުވެރިކުރުވާ، މާލީގޮތުން ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކެއް ކަމަށްވެސް ބުނެފައިވެއެވެ.