ކުޅިވަރު

ފުލަމް މެޗުން ބަލިވެ، ލިވަޕޫލްގެ އިންތިޒާރު ދިގުލަނީ

ފުލަމް މެޗުން ބަލިވެ، ލިވަޕޫލްގެ އިންތިޒާރު ދިގުލަނީ

ގޯލު ކާމިޔާބުކުރުމަށްފަހު ފުލަމްގެ ކުޅުންތެރިން އުފާފާޅުކުރަނީ، ފޮޓޯ: ގެޓީއިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 އޭޕްރީލު 2025، 07:27

07 އޭޕްރީލު 2025، 07:27

އިންގްލިޝް ޕްރިމިއަރ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން، ލިވަޕޫލް ކުރިޔަށް އޮތް 3 މެޗުން މި ސީޒަނުގައި ލީގުތަށި ޔަގީން ކުރާނެކަމަށް ކުރިން ބެލެވުނު ނަމަވެސް، އެ އިންތިޒާރު އިތުރަށް ދަންމާލަންޖެހިއްޖެއެވެ. 

ފުލަމް މެޗުގައި ލިވަޕޫލް 3-2 އިން ބަލިވުމަކީ މި ސީޒަނުގައި އެ ޓީމަށް ކުރިމަތިލާން ޖެހުނު ދެވަނަ ބައްޔެވެ. 

އަނެއްކޮޅުން ފުރަތަމަ ހާފުގެ 14 މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ތިން ގޯލާއެކު ފުލަމްއިން ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވުމަށް ކުރަމުން އަންނަ ފޮނި އުއްމީދަށް، މި ނަތީޖާއާއެކު މިވަނީ ހިތްވަރެއް ލިބިފައެވެ. 

މި މެޗުގައި ފުރަތަމަ ލީޑު ނެގީ ލިވަޕޫލުންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި އެލެކްސިސް މެކަލިސްޓާ ކާމިޔާބުކުރި މި ގޯލާއެކު، ލިވަޕޫލްގެ ރޭވުމާ އެއްގޮތަށް މެޗު ނިންމާލެވޭނެ ކަމަށް ބެލެވުނެވެ. 

ނަމަވެސް މެޗުގެ 23 ވަނަ މިނެޓުގައި ރްޔާން ސެސެޔޯން ފުލަމްއަށް ނަތީޖާ ހަމަހަމަކޮށްދިނުމަށްފަހު، 32 ވަނަ މިނެޓުގައި ލްވޮބީ ކާމިޔާބު ކުރި ގޯލުންނާއި، އޭގެ ފަސް މިނެޓު ފަހުން ރޮޑްރީގޯ މުނީޒް ކާމިޔާބުކުރި ގޯލުން މެޗުގެ ހާލަތު ބަދަލުވެގެން ދިޔައެވެ. 

މެޗުގެ ތެރެއަށް އަނބުރާ ވަނުމަށް ދެވަނަ ހާފުގައި ލިވަޕޫލުން ކުރި މަސައްކަތުން އެ ޓީމަށް ގޯލެއް ކާމިޔާބު ކުރެވުނެވެ. ނަމަވެސް މެޗުން ޕޮއިންޓެއް ލިބޭގޮތެއް ނުވިއެވެ. މެޗުގެ 72 ވަނަ މިނެޓުގައި ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކުރީ، ކޮނޯރ ބްރެޑްލީގެ ޕާހަކުން ލުއިޒް ޑިއާޒްއެވެ. 

ހޮނިހިރު ދުވަހުގެރޭ އާސެނަލްއާ އެވަޓަން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމުން، 20 ވަނަ ލީގު ތަށި އުފުލާލުމަށް، ފަހު އަށް މެޗުން ލިވަޕޫލް ހޯދަން ޖެހިފައި އޮތީ 11 ޕޮއިންޓެވެ. ނަމަވެސް މި ނަތީޖާއާ ގުޅިގެން ލިވަޕޫލުން ތަށި ހޯދުމަށް ލީގުގައި ބާކީ އޮތް 7 މެޗުގެ ތެރެއިން 4 މެޗު ކާމިޔާބުކުރަން ޖެހޭނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS