Ads by Exprox

ޚަބަރު

ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރުމަށް ދަރިވަރުންނަށް ހިތްވަރުދެން: ނައިބު ރައީސް

ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރުމަށް ދަރިވަރުންނަށް ހިތްވަރުދެން: ނައިބު ރައީސް

ނައިބު ރައީސް/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޭޕްރީލު 2025، 11:10

07 އޭޕްރީލު 2025، 11:10

ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ދަރިވަރުންނަށް ހިތްވަރުދެއްވައިފިއެވެ.

ނައިބު ރައީސް ދަރިވަރުންނަށް ހިތްވަރުދެއްވީ، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ނައިބު ރައީސް ވަނީ، މިފެށުނު ދިރާސީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހައި ލޮބުވެތި ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، ބެލެނިވެރިންނަށް އަރިސްކުރައްވާފައެވެ. އަދި ހިތްވަރާއެކު ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނައިބު ރައީސް ވަނީ އެންމެހާ ދަރިވަރުންނަށް ހިތްވަރުދެއްވައިފައެވެ. 

މީގެ އިތުރުން، މިއަހަރަކީ ވެސް ދަރިވަރުންނަށް ހުރިހާގޮތަކުން ބާއްޖަވެރި އަދި ކާމިޔާބު އަހަރެއް ކަމުގައިވުމަށް އެދިލައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ މެސެޖްގައި ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS