Ads by Exprox

ޚަބަރު

ނިމިދިޔަ ހަފްތާފައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެެރިންގެ ޢަދަދު ބައިލައްކައަށްވުރެ މައްޗަށް!

ނިމިދިޔަ ހަފްތާފައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެެރިންގެ ޢަދަދު ބައިލައްކައަށްވުރެ މައްޗަށް!

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް/ފޮޓޯ: އަވަސް އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޭޕްރީލު 2025، 01:33

07 އޭޕްރީލު 2025، 01:33

ނިމިދިޔަ ހަފްތާފައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެެރިންގެ ޢަދަދު ބައިލައްކައަށްވުރެ މައްޗަށް އަރާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ ހަފްތާގައި ރާއްޖެއަށް 51،221 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އޭގެ ކުރީ ހަފްތާގައި ރާއްޖެއަށް 47،390 ފަތުރުވެރިން ޒިޔާރަތްކޮށްފާވާއިރު، މިއީ 8 އިންސައްތައިގެ އިތުރުވުމެއްކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 667،730 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. އަދި  މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.8 އިންސައްތަ އިތުރު އަދަދެއްކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 630،867 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމު:

  • ޗައިނާ – 76،674 ފަތުރުވެރިން
  • އިނގިރޭސިވިލާތު – 70،531 ފަތުރުވެރިން
  • ރަޝިއާ – 70،538 ފަތުރުވެރިން
  • އިޓަލީވިލާތު – 59،978 ފަތުރުވެރިން
  • ޖަރުމަންވިލާތު – 47،470 ފަތުރުވެރިން

މި އަހަރުގެ ފުރަތަމަ 2 މަސްދުވަހުގެ ތެރޭގައި ވެސް ރާއްޖެއަށް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ. އަދި މިކަން ކާމިޔާބުކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS