Ads by Exprox

ޚަބަރު

ފ. ނިލަންދޫ ހިއްކި ސަރަޙައްދުގައި ޖިއޯބޭގް ޖެހުމުގެ %85 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ފ. ނިލަންދޫ ހިއްކި ސަރަޙައްދުގައި ޖިއޯބޭގް ޖެހުމުގެ %85 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ފ. ނިލަންދޫ ހިއްކި ސަރަޙައްދުގައި ޖިއޯބޭގް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޭޕްރީލު 2025، 01:33

07 އޭޕްރީލު 2025، 01:33

ފ. ނިލަންދޫ ބިން ހިއްކި ސަރަޙައްދުގައި ޖިއޯބޭގް ޖެހުމުގެ 85% މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ބިން ހިއްކާފައިވާ ސަރަޙައްދުން 503 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 247 މީޓަރު ސަރަޙައްދެއްގައި ބޮޑު ހިލަ ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ޖިއޯބޭގް ޖެހުމުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ޖުމްލަ 53% މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ސަރވޭކުރުމާއި، ޑިޒައިންކުރުމާއި، ބްރޭކް ވޯޓަރގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ، ހަމަ އެހެންމެ، ރިވެޓްމެންޓުގެ މަސައްކަތްތަކާއި ގްރޯއިންސް ގެ މަސައްކަތް ކުރިއަށް ދާނެކަމަށް ވެސް އެމްޓީސީސީ އިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢު ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި މަސައްކަތް ފަށާފައިވަނީ، ނިމިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 03 ވަނަ ދުވަހުއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS