Ads by Exprox

ޚަބަރު

ކޯރާޑިއަކުން މީހަކަށް ޙަމަލާ ދޭން އުޅުނު މީހަކު ހައްޔަރުކޮށްފި

ކޯރާޑިއަކުން މީހަކަށް ޙަމަލާ ދޭން އުޅުނު މީހަކު ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓު/ފޮޓޯ: ދަ ޓައިމްސް އޮފް އައްޑޫ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޭޕްރީލު 2025، 03:44

07 އޭޕްރީލު 2025، 03:44

ކޯރާޑިއަކުން މީހަކަށް ޙަމަލާ ދޭން އުޅުނު ޢުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، މއ. ކޫލްއައިސިސް، އަހުމަދު ރަޝީދު ނަމަކަަށް ކިޔާ، 61 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. 

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ރަޝީދު ހައްޔަރުކޮށްފައިވަނީ ކޯރާޑިއަކާއި، ވަޅިއަކާއި، ކަށިގަނޑެއް ވެސް ބޭނުންކޮށްގެން މީހަކަށް ޙަމަލާ ދިނުމަށް މަސައްކަތް ކުރުމުންނެވެ. އެހެންކަމުން، ޝަރީޢަތް ނިމެންދެން އޭނާ ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނީ، ރަޝީދު ބަންދުން ދޫކޮށްލައިފިނަމަ މީހެއްގެ ހަށިގަނޑަށް ގެއްލުން ލިބުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS