ދުނިޔެ

އިސްރާއީލުން ދިން ހަމަލާއެއްގައި ޣައްޒާގެ އަންހެން ނޫސްވެރިއަކާއި އޭނާގެ ޢާއިލާ ޝަހީދުކޮށްލައިފި

އިސްރާއީލުން ދިން ހަމަލާއެއްގައި ޣައްޒާގެ އަންހެން ނޫސްވެރިއަކާއި އޭނާގެ ޢާއިލާ ޝަހީދުކޮށްލައިފި

ފަލަސްޠީނުގެ ނޫސްވެރިންތަކެއް/ފޮޓޯ: ޕްރެސް ޓީވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޭޕްރީލު 2025، 05:22

07 އޭޕްރީލު 2025، 05:22

ޔަހޫދީ އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާއަށް ދިން ޙަމަލާއެއްގައި، ޣައްޒާގެ އަންހެން ނޫސްވެރިއަކާއި އޭނާގެ ޢާއިލާ ޝަހީދުކޮށްލައިފިއެވެ.

އެ ޤައުމުގެ މީޑިއާއަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝަހީދުކޮށްލާފައިވަނީ އިސްލާމް ނަސްރުލްދީން މުގައްދަދް ނަމަކަށް ކިޔާ ނޫސްވެރިއެކެވެ. އަދި އޭނާއާއި އެކު، އޭނާގެ ފިރިމީހާ އާއި ދަރިފުޅު ވެސް ވަނީ ޝަހީދުކޮށްލައިފައެވެ. މީގެ އިތުރުން މި ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޙަމަލާގައި އިސްލާމް ނަސްރުލްދީން މުގައްދަދް އަދި އޭނާގެ ޢާއިލާ ޝަހީދުކޮށްލާފައިވަނީ ޚާން ޔޫނިސްގައި ހުންނަ އެމީހުންގެ ގެއަށް އަމާޒުކޮށް ރޭގެ ވަޤުތެއްގައި ދިން ވައިގެ ޙަމަލާއެއްގައެވެ.

މި އަންހެން ނޫސްވެރިޔާއަކީ، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ސަރުކާރުން ޝަހީދުކޮށްލި 254 ވަނަ ނޫސްވެރިޔާއެވެ. އަދި މިއީ ގޭގައި ހުއްޓާ ޝަހީދުކޮށްލި 127 ވަނަ ނޫސްވެރިޔާވެސް މެއެވެ. ނިރުބަވެރި އިސްރާއީލުން ވަނީ މީގެ ކުރިން ވެސް ފަލަސްޠީނުގެ އެތަކެއް ނޫސްވެރިންނެއް ޝަހީދުކޮށްލާފައެވެ. އަދި މިހާރު ވެސް އިސްރާއީލުން ދަނީ ޣައްޒާގެ ނޫސްވެރިންނަށް އަމާޒުކޮށް އެތަކެއް ޙަމަލާތަކެއް ދެމުންނެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްޠީނުގެ ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާތައް ދިނުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތައް މުޅި ދުނިޔެއަށް އާންމުކުރުން ހުއްޓުވުންކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS