ކުޅިވަރު

ލީގު ފަސްވުމާ ގުޅިގެން ބާއްވާ މުބާރާތުގެ ތާރީޙެއް އަދި ކަނޑަނޭޅޭ

ލީގު ފަސްވުމާ ގުޅިގެން ބާއްވާ މުބާރާތުގެ ތާރީޙެއް އަދި ކަނޑަނޭޅޭ

ރާއްޖޭގެ ފުޓުބޯޅަ ސީޒަންގެ ހުރުހާ މެޗެއް ކުޅެމުން އަންނަ ގަލޮޅު ދަނޑު ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 އޭޕްރީލު 2025، 07:04

08 އޭޕްރީލު 2025، 07:04

ހުލާސާ


ގިނަ ދުވަސްތަކަކަށްފަހު މި މަހު ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތައްޔާރުވަމުން ދަނިކޮށް، އެކަން މަޑުޖައްސާލުމަށްފަހު އޯގަސްޓު މަހަށް ފަސްކުރުމަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން އެންގުމާ ގުޅިގެން، އެފްއޭއެމްއިން ބާއްވާނެކަމަށް ބުނި ވާދަވެރި މުބާރާތް ފަށާނެ ދުވަހެއް އަދި ކަނޑަނޭޅޭކަމަށް، އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، މުޙައްމަދު ސުޖާއު ވިދާޅުވެއްޖެއެވެ.

ފުުޓުބޯޅަ ސީޒަން ފަސްކުރުމަށް ނިންމުމަށްފަހު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން، އަހުމަދު މުއިއްޒު މިދިޔަ މަހު 28 ގައި ކްލަބުތަކަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ކްލަބްތަކުގެ އެދުމުގެ މަތިން އާ ސީޒަން މި މަހު 8 ގައި ބޭއްވުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. 

މިދިޔަ މަހުގެ 16 ވަނަ ދުވަހު ކްލަބްތަކާއެކު ބޭއްވުނު ބައްދަލުވުމުގައި މި ކަމުގެ މަޝްވަރާ ވަރަށް ބޮޑަށް ކުރެވުނުކަމަށް އެފްއޭއެމްއިން ހާމަކޮށްފައިވެއެވެ. އެގޮތުން ފީފާއިން އޯގަސްޓު މަހަށް ލީގު ފަށާ ދުވަސް ބަދަލުކޮށް، އެ އެސޯސިއޭޝަންގެ ކަލަންޑަރު މުރާޖާކުރަން ހިޔާލު ހުށަހެޅުމުން، އެފްއޭއެމް އިން ވަނީ ޓްރާންސިސަނަލް ލީގެއް މި އަހަރުގެ އޭޕްރީލް/މެއި މަހު ބޭއްވުމަށްފަހު އޮގަސްޓު މަހު އާ ސީޒަން ފެށުމަށް ހުށަހަޅާފައެވެ. 

ނަމަވެސް ކުރު ސީޒަން އެއް ފެށުމުގައި ދިމާވެދާނެ މައްސަލަތައް ފީފާއާ ހިއްސާކޮށް ލަފައަކަށް އެދުމުން ފީފާއިން ވަނީ ކުރު ސީޒަނެއްގެ ބަދަލުގައި އޮގަސްޓު މަހު ލީގު ފެށުމަށް ހުށަހަޅާފައިކަމަށް އެފްއޭއެމްއިން ކްލަބްތަކަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. އެހެންކަމުން އެފްއޭއެމްއިން ބުނީ ސީޒަން ފަސްވުމާ އެކު ވާދަވެރި ފުޓުބޯޅަ މުބާރާތެއް ވީ އެންމެ އަވަހަށް ބޭއްވުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން ކުރަމުން އަންނަ ކަމަށެވެ.

މި މުބާރާތާ ގުޅިގެން ސުޖާއު ވިދާޅުވީ، މުބާރާތެއް ބޭއްވޭތޯ ފީފާ އާއި ސަރުކާރާ އެކު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށާއި، އެފްއޭއެމްއިން މަސައްކަތް ކުރަމުން އަންނަނީ ފީފާގެ ވެސް ރުހުންހޯދައިގެން ސަރުކާރާ ގުޅިގެން ފުޓްބޯޅައިގެ ހަރަކާތްތައް ފެށޭތޯ ކަމަށެވެ. ނަމަވެސް މި ބާއްވާނީ ކޮން މުބާރާތެއްތޯ އާއި، އެ މުބާރާތް ފަށާނެ ތާރީޙެއް އަދި ކަނޑައެޅިފައިނުވާކަމަށް ސުޖާއު ފާހަގަކުރެއްވެވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS