ކުޅިވަރު

ކާވާ އިންޓަރނޭޝަނަލް ވޮލީބޯލް ރެފްރީ ކޯސް ނިންމި ވީއޭއެމްގެ ރެފްރީންނަށް ބެޖު ހަވާލުކޮށްފި

ކާވާ އިންޓަރނޭޝަނަލް ވޮލީބޯލް ރެފްރީ ކޯސް ނިންމި ވީއޭއެމްގެ ރެފްރީންނަށް ބެޖު ހަވާލުކޮށްފި

ކާވާ އިންޓަރނޭޝަނަލް ވޮލީބޯލް ރެފްރީ ކޯސް ނިންމި ވީއޭއެމްގެ ރެފްރީންނަށް ބެޖު ހަވާލުކުރުން/ފޮޓޯ: ވަގުތު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 އޭޕްރީލު 2025، 01:13

08 އޭޕްރީލު 2025، 01:13

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން، ކާވާ ގެ ވޮލީބޯލް ރެފްރީ ކޯސް ނިންމި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވީއޭއެމްގެ ރެފްރީންނަށް ބެޖު ހަވާލުކޮށްފިއެވެ.

ރެފްރީންނަށް ބެޖު ހަވާލުކުރުމަށް މާލޭ ކާވާގެ ހެޑްކުއާޓަރސްގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި، ކާވާ އިންޓަރނޭޝަނަލް ރެފްރީ ބެޖް ހަވާލުކޮށްދެއްވީ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން، ކާވާގެ ރައީސް މުހައްމަދު ލަތީފް އެވެ.

މި ރަސްމިއްޔާތުގައި، ކާވާ އިންޓަރނޭޝަނަލް ވޮލީބޯލް ރެފްރީގެ ބެޖުގެ އިތުރުން، ކާވާ އިންޓަރނޭޝަނަލް ބީޗް ވޮލީބޯލް ރެފްރީގެ ބެޖު ވެސް ވަނީ ހަވާލުކޮށްފައެވެ. އެގޮތުން، ކާވާ އިންޓަރނޭޝަނަލް ވޮލީބޯލް ރެފްރީގެ ބެޖު ހަވާލުކޮށްފައިވަނީ މުޙައްމަދު ވަހީދަށެވެ. އަދި ކާވާ އިންޓަރނޭޝަނަލް ބީޗް ވޮލީބޯލް ރެގްރީގެ ބެޖު ހަވާލުކޮށްފައިވަނީ އާއިދާ އަބްދުލްހަކީމް އާއި މުޙައްމަދު ސާމިންއަށެވެ.

މިވަގުތު ދިވެހިރާއްޖޭގައި ތިބި ބައިނަލްއަޤްވާމީ ރެފްރީންގެ ޢަދަދު:

  • އެފްއައިވީބީ އިންޓަރނޭޝަނަލް - 4 ވޮލީބޯލް ރެފްރީ އަދި 1 ބީޗް ވޮލީބޯލް ރެފްރީ
  • އޭވީސީ އިންޓަރނޭޝަނަލް - 6 ވޮލީބޯލް ރެފްރީ އަދި 1 ބީޗް ވޮލީބޯލް ރެފްރީ
  • ކާވާ އިންޓަރނޭޝަނަލް - 1 ވޮލީބޯލް ރެފްރީ އަދި 2 ބީޗް ވޮލީބޯލް ރެފްރީ

މިއާއެކު، މިވަގުތު ރާއްޖޭގައި ތިބީ ބައިނަލްއަޤްވާމީ ޖުމްލަ 11 ވޮލީބޯލް ރެފްރީންނާއި، 4 ބީޗް ވޮލީބޯލްގައި ޙަރަކާތްތެރިވާ ރެފްރީންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS