Ads by Exprox

ޚަބަރު

ބަނގުރާ ފުޅި ހިމެނޭހެން ކަސްޓަމްސް އިން ގިނަ އަދަދެއްގެ ތަކެތި ނައްތާލައިފި

ބަނގުރާ ފުޅި ހިމެނޭހެން ކަސްޓަމްސް އިން ގިނަ އަދަދެއްގެ ތަކެތި ނައްތާލައިފި

ކަސްޓަމްސް ބިލްޑިންގ/ފޮޓޯ: އެޑިޝަން އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 އޭޕްރީލު 2025، 03:58

08 އޭޕްރީލު 2025، 03:58

ބަނގުރާ ފުޅި ހިމެނޭހެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ތަކެތި ބޭނުންނުކުރެވޭހެން  ނައްތާލައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވީ، މި ތަކެއްޗަކީ މިހިނގާ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ނައްތާލާފައިވާ ތަކެތި ކަމަށެވެ.

ކަސްޓަމްސް އިން ވިދާޅުވީ، މި ތަކެއްޗަކީ ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައިވާ ތަކެތި ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ، ބިޔަރު ފުޅި، ބިޔަރު ދަޅު، އަދި ބިޔަރު ލޭބަލް ހިމެނޭ ތަށިކަމަށް ކަސްޓަމްސް އިން މަޢުލޫމާތުދެއެވެ. އެގޮތުން، މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ނައްތާލާފައިވާ ތަކެތީގެ ޖުމްލަ އަދަދު 12،968 އަށް އަރާކަމަށް ކަސްޓަމްސް އިން ވަނީ ހާމަކޮށްފައެވެ.

މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ނައްތާލެވުނު ތަކެއްޗާއި ޢަދަދު:

  • ބިޔަރު ފުޅި: 2040
  • ބިޔަރު ދަޅު: 10،418
  • ބިޔަރު ލޭބަލް ހިމެނޭ ތަށި: 510

ޤަވާއިދާއި ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅޭ ތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވަނީ އެކިފަހަރުގެ މަތިން ހިފަހައްޓައިފައެވެ. އަދި މިތަކެތި އެތެރެކުރަން މަސައްކަތްކުރާ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ވެސް ކަސްޓަމްސް އިން މަސައްކަތް ކުރެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS