Ads by Exprox

ޚަބަރު

ހަނިމާދޫ މިސްކިތް ނިންމުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި

ހަނިމާދޫ މިސްކިތް ނިންމުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި

އެމްޓީސީސީ އާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ދެމެދު އެއއްބަސްވެވުމުގައި ސޮއިކުރުން.ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 އޭޕްރީލު 2025، 05:20

08 އޭޕްރީލު 2025، 05:20

ހދ.ހަނިމާދޫގައި ބިނާކުރަމުންދިޔަ މިސްކިތުގެ ނުނިމިހުރި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. 

މިމަސައްކަތް އެމްޓީސީސީއާއި ހަވލިކޮށް މިއަދު ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެމްޓީސީސީއާ އެކު އެކުލަވާލި މި އެއްބަސްވުމުގެ ދަށުން ހަނިމާދޫގައި މިހާރު މަސައްކަތް ހުއްޓިފައިިވާ މިސްކިތުގެ ނުނިމިހުރި ހުރިހާ މަސައްކަތްތަކެއް ނިންމުން ހިމަނައިފައިވެއެވެ.

ހަނިމާދޫގައި މިސްކިތް ތަރައްޤީކުރަނީ 7933 އަކަ މީޓަރުގެ ސަރަހައްދެއްގައެވެ. އެއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިމަޝްރޫޢު ޙަވާލުކޮށްފައިވަނީ 9.44 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. އަދި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ ނައިބު އިބްރާހީމް އާސިމެވެ.

2645 މީހުންގެ ބޮޑު އާބާދީއެއް ދިރިއުޅޭ ހަނިމާދޫއަކީ އެއަރޕޯޓެއް ޤާއިމްކުރެވިފައިވާ ރަށެއްކަމުން ގިނަ އަދަދެއްގެ ބަޔަކު އެރަށަށް ޒިޔާރަތްކުރެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS