ދުނިޔެ / ވިޔަފާރި
ޓްރަމްޕް ސަރުކާރަށް ވިޔަފާރި ލަފާދޭ ޕީޓަރ އަކީ ބޮޑު މޮޔައެއް : އިލޮން މަސްކް

އެމެރިކާ ރައީސް އަދި ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި ހުންނެވި ސީނިއަރ ވިޔަފާރި ލަފާދޭ ފަރާތެއް ކަމުގައިވާ ޕީޓަރ ނަވާރޯއަކީ "ހަގީގަތުގައިވެސް މޮޔައެއް" އަދި "އެޅިގާ ބަސްތާއެއްކަހަލަ ބުއްދި އެއް ނެތް" މީހެއް ކަމަށް ބުނެ ޓެސްލާގެ ސީއީއޯ އީލޮން މަސްކް ފާޅުގައި ފާޑުކިޔައިފިއެވެ.
އަންގާރަ ދުވަހު ޓްވިޓަރގައި ކުރެއްވި ޓްވީޓެއްގައި މަސްކް މިފަދައިން ވިދާޅުވެފައިވަނީ، ނަވާރޯއިން އޭނާއަކީ "ކާރު އުފައްދާ ފަރާތެއް ނޫން" ކަމަށާއި "ހަމައެކަނި ކާރު "އެސެމްބްލް" ކުރާ ފަރާތެއް" ކަމަށް ބުނުމާ ގުޅިގެންނެވެ. މިއީ ޓްރަމްޕްގެ ޓެރިފް ސިޔާސަތާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި އުފެދެމުންދާ ޚިޔާލު ތަފާތުވުމެއްގެ ތެރެއިން ހިނގި ކަމެކެވެ.
މަސްކްއަކީ ރައީސް ޓްރަމްޕްގެ މުހިންމު ލަފާދޭ ފަރާތެއް ކަމުގައިވީ ނަމަވެސް، އޭނާ ވަނީ ޓެރިފްތަކާ ދެކޮޅަށް އަޑުއުފުލާފައެވެ. މި ދެފަރާތުގެ ދެމެދުގައި މިހާރު އުފެދިފައިވާ ޚިޔާލު ތަފާތުވުމަކީ އެމެރިކާގެ ވިޔަފާރި ސިޔާސަތާ ގުޅޭގޮތުން އުފެދިފައިވާ ބޮޑު ބަހުސެއްގެ ބައެއް ކަމުގައި ބެލެވެއެވެ.