Ads by Exprox

ޚަބަރު

ކެނެޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މާލެ ސިޓީގެ މޭޔަަރ އާއި ބައްދަލުކުރައްވައިފި

ކެނެޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މާލެ ސިޓީގެ މޭޔަަރ އާއި ބައްދަލުކުރައްވައިފި

ކެނެޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މާލެ ސިޓީގެ މޭޔަަރ އާއި ބައްދަލުކުރެއްވުން/ފޮޓޯ: މާލެ ސިޓީ ކައުންސިލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 އޭޕްރީލު 2025، 11:16

09 އޭޕްރީލު 2025، 11:16

ކެނެޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެރިކް ވޮލްޝް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާ ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރު ކަމުގެ މަޤާމާއި އެމަނިކުފާނު ހަވާލުވެވަޑައިގެން މިވީ މަދު ދުވަސް ކޮޅުގެ ތެރޭގައި، މާލެ ސިޓީގެ ކަންކަން ރަނގަޅުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. ހަމަ އެހެންމެ، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ތަރައްޤީއަށް އިތުރު މަސައްކަތްތައް ކުރުމަށް ޕްލޭން ކުރެވިފައިވާކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން، ކުރިއަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި މާލޭގެ މަގުތައް މަރާމާތު ކުރުން ނިންމަވާފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކެނެޑާގެ ސަފީރު އެރިކް ވޮލްޝް ވިދާޅުވީ، މާލެ ސިޓީ ކައުންސިލާއެކު މިހާރު އޮތް ގުޅުން، ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރަށް ބަދަހިކުރައްވާނެ ކަމަށެވެ. ހަމަ އެހެންމެ، މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ އެކިއެކި މަސައްކަތްތަކަށް ކެނެޑާ ސަރުކާރުން ދެވެން އޮތް އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން ސަފީރު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން މޭޔަރ އާޒިމް ވިދާޅުވީ، ދިވެހިރާއްޖެއާއި ކެނެޑާއަކީ ޒަމާންވީ ގާތް ރަޙުމަތްތެރިކަމެއް އުފެދިފައިވާ ދެ ޤައުމު ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެ ޤައުމަށް ގިނަ ގުނަ ފައިދާތަކެއް ކުރާނެކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS