ދުނިޔެ

ޗައިނާގެ ނަރސިންގ ހޯމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ދޮށީއުމުރުގެ 20 މީހުން ނިޔާވެއްޖެ

ޗައިނާގެ ނަރސިންގ ހޯމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ދޮށީއުމުރުގެ 20 މީހުން ނިޔާވެއްޖެ

ނަރސިންގ ހޯމްއިން ދޮށީ އުމުރުގެ މީހެއް ހޮސްޕިޓަލަށް ގެންދަނީ ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޭޕްރީލު 2025، 03:40

09 އޭޕްރީލު 2025، 03:40

ޗައިނާގެ ހެބޭ ޕްރޮވިންސްގެ ޗެންގްޑޭ ސިޓީގައި ހުރި ނަރސިންގ ހޯމެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެތަނުގައި ތިބި ދޮށީއުމުރުގެ 20 މީހުން ނިޔާވެއްޖެކަމަށް އެ ގައުމުގެ ސަރުކާރުގެ މީޑިއާއިން ބުނެފިއެވެ. މި ހާދިސާއާ ގުޅިގެން ނަރސިންގ ހޯމްގެ ވެރިފަރާތް ވަނީ ހައްޔަރުކުރެވިފައެވެ. އަދި މި ހާދިސާ ހިނގި ސަބަބު ބެލުމަށް ވަނީ ތަޙްޤީގް ފަށާފައެވެ.

އަންގާރަ ދުވަހު ހިނގި މި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވުނީ ދެ ގަޑިއިރު ފަހުންކަމަށް ޒިންހުއާ ނިއުސް އޭޖެންސީ އާއި ސަރުކާރުގެ ގްލޯބަލް ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން  19 މީހުން ވަނީ ފަރުވާއަށް އަދި އެމީހުންގެ ހާލު ދެނެގަތުމަށް ގާތުގައި ހުރި ހޮސްޕިޓަލަކަށް ގެންދެވިފައެވެ.

މީގެ ކުރިން 2023 ވަނަ އަހަރު ބެއިޖިންގ ގައި ހުރި ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 26 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވިއެވެ.

މި ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ސަރުކާރުން ވަނީ މާހިރުން ފޮނުވާފައެވެ. މީގެ އިތުރުން މިއަހަރުގެ ކުރީކޮޅު ހެބޭގައި ހުރި ތަރުކާރީ މާރުކޭޓެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާއި، އަހަރެއްހާ ދުވަސްކުރިން ސިޗުއަންގައި ހުރި ޑިޕާޓްމަންޓް ސްޓޯއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އާންމު ތަންތަނުގެ އަލިފާނުގެ ރައްކާތެރިކަމާމެދު ކަންބޮޑުވުން ފާޅުކުރެވެމުންދެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS