ކުޅިވަރު

ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައިނުވާ ޕީއެސްޖީއިން ސެމީގެ އުއްމީދު ބޮޑުކޮށްފި

ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައިނުވާ ޕީއެސްޖީއިން ސެމީގެ އުއްމީދު ބޮޑުކޮށްފި

ޕީއެސްޖީގެ ޑިޒަޔާރ ޑުއޯ ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 އޭޕްރީލު 2025، 08:03

10 އޭޕްރީލު 2025، 08:03

ޔޫއެފާ ޗެމްޕިއަސް ލީގުގެ ކުއާޓާ ފައިނަލުގައި ފްރާންސްގެ ޗެމްޕިއަން، ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ) އިން 3-1 އިން އިނގިރޭސީ ކްލަބް އެސްޓަން ވިލާ ބަލިކުރުމަށްފަހު ސެމީފައިނަލްގެ އުއްމީދު ބޮޑުކޮށްފިއެވެ. 

މިއީ ފާއިތުވި ފަސް ސީޒަނުގެ ތެރެއިން ދެ ފަހަރު ސެމީ ކުޅެފައިވާ ޕީއެސްޖީއިން މި މުބާރާތް ކާމިޔާބުކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެކެވެ. ނަމަވެސް ޗެމްޕިއަންސް ލީގު އެއްފަހަރު ކާމިޔާބުކޮށްފައިވާ އެސްޓަން ވިލާއިން އޮތީ އަމިއްލަ ދަނޑުގައި ނަތީޖާ ބަދަލުކުރެވޭނެ ކަމުގެ އުއްމީދުގައެވެ. 

ޕެރިހުގައި ކުޅުނު މި މެޗުގައި ޕީއެސްޖީއިން މޮޅަށް ކުޅެމުން ދަނިކޮށް ލިބުނު ފުރުސަތެއްގައި ފުރަތަމަ ލީޑު ނެގީ ވެސް އެސްޓަން ވިލާއެވެ. އެ ޓީމަށް މި ގޯލު ކާމިޔާބުކޮށްދިނީ ޔޫރީ ޓީލަމަންސްގެ ޕާހަކުން އިންގްލެންޑުގެ ސީނިއާރ ޓީމަށް މިހާތަނަށް 4 މެޗު ކުޅެދީފައިވާ އުމުރުން 22 އަހަރުގެ މޯގަން ރޮޖާސްއެވެ. 

ނަމަވެސް އޭގެ 4 މިނެޓުފަހުން ޕީއެސްޖީގެ ޑިޒަޔާރ ޑުއޯ ކާމިޔާބުކުރި ރީތި ގޯލާއެކު މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. އޭނާ މި ބޯޅަ ގޯލަށް ފޮނުވާލީ ވާތް ފަރާތުން އެތެރެއަށް ވަނުމަށްފަހު، އެސްޓަން ވިލާގެ ޕެނަލްޓީ އޭރިޔާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ހުރެފައި ދުރުކަނަށް ފޮނުވާލައިގެނެވެ. 

ޕީއެސްޖީއިން ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅެވެ. މިއީ އަދި ފުރަތަމަ ގޯލަށް ވުރެން ރީތި ގޯލެކެވެ. ވާތް ފަރާތުން ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަނުމަށްފަހު ވާތު ފައިން ވިޗާ ވަރަޝެލިއާ ފޮނުވާލި ބޯޅަ އަމާޒުވީ ހަނި އޭންގަލުން ގޯލުގެ މަތީ ދާގަނޑަށެވެ. 

އެސްޓަން ވިލާއަށް މި މެޗުގައި ލިބުނު އިތުރު މާޔޫސްކަމަކަށްވީ އިތުރު ވަގުތުގައި ޕީއެސްޖީއިން ތިން ވަނަ ގޯލެއް ކާމިޔާބުކުރުމެވެ. އެއީ ދެވަނަ ލެގުގައި ނަތީޖާ ބަދަލުކޮށްލުމަށް އުނދަގޫވާނެތީއެވެ. އެހެންކަމުން އެއީ އެސްޓަން ވިލާ މުބާރާތުން އަލްވަދާއު ކިޔަން ޖެހޭ ގޯލުކަމަށްވުން ވެސް އެކަށީގެންވެއެވެ. ޕީއެސްޖީގެ މި ގޯލު ކާމިޔާބުކުރީ ނޫނޯ މެންޑޭޒްއެވެ. 

ޕީއެސްޖީއިން ވަނީ ލީގުގައި ބާކީ 6 މެޗު އޮއްވައި މި ސީޒަންގެ ލީގު ޔަގީންކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS