ދުނިޔެ

ޓްރަމްޕް އެމެރިކާގެ ޓެރިފްތައް ވަގުތީގޮތުން ހުއްޓާލައިފި - ޗައިނާއަށް ޓެރިފް އިތުރުކޮށްފި

ޓްރަމްޕް އެމެރިކާގެ ޓެރިފްތައް ވަގުތީގޮތުން ހުއްޓާލައިފި - ޗައިނާއަށް ޓެރިފް އިތުރުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޭޕްރީލު 2025، 01:22

10 އޭޕްރީލު 2025، 01:22

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާ ފިޔަވައި އެހެން ހުރިހާ ގައުމުތަކަށް ކަނޑައަޅާފައިވާ ޓެރިފްތައް 90 ދުވަހުގެ މުއްދަތަށް ވަގުތީގޮތުން ހުއްޓާލައިފައެވެ. މި ނިންމުމާއެކު، ޗައިނާއިން އެތެރެކުރާ މުދަލަށް ނަގާ ޓެރިފް 104 އިންސައްތައިން 125 އިންސައްތައަށް އިތުރުކޮށްފައިވެއެވެ.

ބުދަ ދުވަހު މި ނިންމުން އިއުލާނުކުރަމުން ޓްރަމްޕް ވިދާޅުވީ، 75 އަށްވުރެ ގިނަ ގައުމުތަކުން އެމެރިކާއާ މަޝްވަރާކޮށް، އެމެރިކާއާ ދެކޮޅަށް ފިޔަވަޅު ނާޅާ ކަމަށެވެ. އަދި މި 90 ދުވަހުގެ ތެރޭގައި، އެހެން ގައުމުތަކުން އެތެރެކުރާ މުދަލަށް ނަގާނީ 10 އިންސައްތައިގެ ޓެރިފެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕްގެ މި ނިންމުމާ ގުޅިގެން އެމެރިކާގެ ސްޓޮކް މާކެޓްތަކުގައި ބޮޑު ކުރިއެރުމެއް ފެނިގެން ގޮސްފައިވެއެވެ. ޑައު ޖޯންސް އިންޑަސްޓްރިއަލް އެވަރެޖް 8 އިންސައްތައަށްވުރެ މަތިވެފައިވާއިރު، ނަސްޑެކް 12.2 އިންސައްތަ އަދި އެސް އެންޑް ޕީ 500 އިންޑެކްސް 6 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ.

ޓްރަމްޕްގެ މި ނިންމުމަށް މަގުފަހިކުރި އެއް ސަބަބަކީ ޓްރެޜަރީ ބޮންޑް މާކެޓްގައި ފެނުނު ނޭދެވޭ ކަންތައްތަކާ ގުޅިގެން ޓްރެޜަރީ ޑިޕާޓްމަންޓުން ފާޅުކުރި ކަންބޮޑުވުންތަކެވެ. އަދި ރިޕަބްލިކަން ޕާޓީގެ މެންބަރުންނާއި ވިޔަފާރިވެރިން ޓެރިފްތައް ހުއްޓާލުމަށް ގޮވާލަމުން ދިޔުމަކީވެސް މި ނިންމުމަށް މަގުފަހިކުރި ކަމެކެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS