Ads by Exprox

ޚަބަރު

ބީއެމްއެލް އިން ޑޮލަރުގެ ލިމިޓަށް ގެނައި ބަދަލު އުވާލައިފި!

ބީއެމްއެލް އިން ޑޮލަރުގެ ލިމިޓަށް ގެނައި ބަދަލު އުވާލައިފި!

ބޭންކް އޮފް މޯލްޑިވްސް. ފޮޓޯ:އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޯގަސްޓު 2024، 05:37

25 އޯގަސްޓު 2024، 05:37

ބޭންކް އޮފް މޯލްޑިވްސް އިން ޑޮލަރުގެ ލިމިޓަށް ގެނައި ބަދަލު އުވައިލައިފިއެވެ. 

މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް ޢަދަދެއް ނުލިބޭ ގޮތަށް ކަނޑައަޅައި ބީއެމްއެލް އިން އެކަން މިއަދު އިޢްލާނުކޮށްފައިވެއެވެ. 

މިކަމާއިގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން ބީއެމްއެލަށް މިއަދު އަމާޒުވެގެން ދިޔައެވެ. އަދި މިކަމާއި ގުޅޭ ކަންބޮޑުވުންތައް ގިނަބަޔަކު ސޯޝަލް މީޑިއާގައިވެސް ފާޅުކޮށްފައިވެއެވެ.

ބީއެމްއެލުން ނިންމި ނިންމުން މިއަދުގެ ވަގުތެއްގައި ވަނީ ބަދަލުކޮށްފައެވެ. 



އެބޭންކުން ބުނެފައިވަނީ ޑޮލަރުގެ ލިމިޓަށް ގެނައި ބަދަލު މިހާރު އަނބުރާ ގެންގޮސްފައިވާކަމަށެވެ. އެ ނިންމުން ނިންމެވީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ އިރުޝާދުގެ ދަށުންކަމަށްވެސް ބީއެމްއެލުން ބުނެފައިވެއެވެ.

ބޭންކުން ކުރިން ނެރުނު އިޢްލާނުގައި ބުނީ ބޭންކުން ޑޮލަރުގެ ލިމިޓަށް ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ ޢަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ކަމަށެވެ.

އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުޢާމަލާތްކުރުމަށް އެއްވެސް ޢަދަދެއް ނުލިބޭނެ ކަމަށްވެސް ބީއެމްއެލް އޭރު ބުނެފައިވެއެވެ. 

އަދ ިހަމަމިއާއި އެކު މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރަންވެސް ބީއެމްއެލުން ނިންމިއެވެ.

އެ ބޭންކުން މި ނިންމުން އަލުން މުރާާޖަޢާ ކުރެއްވުމާއެކު ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން 250 ޑޮލަރާ ހަމައަށް މުޢާމަލާތް ކުރެވޭނެއެވެ. އަދި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުންކުރެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco