ވިޔަފާރި / ޚަބަރު
މާލޭގެ ދެ ސަރަޙައްދަކުން މިއަދު ކަރަންޓު ކެނޑިދާނެ:ސްޓެލްކޯ

ސްޓެލްކޯ ފޮޓޯ:އިންޓަނެޓް
މާލޭގެ ދެ ސަރަޙައްދަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިޢުލާނުކޮށްފިއެވެ. ކަރަންޓު ކެނޑޭނެ ކަމަށް ބުނެފައިވަނީ ކުންފުނީގެ ކަރަންޓު ވިއުގަ އަދާހަމަކުރުމުގެ މަސައްކަތާ ގުޅިގެންނެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިއަދު ހެނދުނު 10:00 އިން 11:00 އާ ދެމެދު ގަލޮޅު ލޮނުޒިޔާރަތްމަގު ހިމެނޭ ސަރަޙައްދުން ކަރަންޓު ކެނޑިދާނެއެވެ. އަދި މެންދުރުފަހު 14:00 އިން 16:00 އާ ދެމެދު މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަޙައްދުން ކަރަންޓު ކެނޑިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ބޮޑުތަކުރުފާނު މަގުގެ މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަޙައްދުން މާދަމާ (12 އޭޕްރިލް 2025) މެންދުރު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ ދަތިތަކަށް… pic.twitter.com/03LUQc6DGO
— STELCO (@STELCOMALDIVES) April 11, 2025
މި މަސައްކަތާ ގުޅިގެން ކަރަންޓު ކެނޑުމުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދިފައިވެއެވެ. އަދި ކަރަންޓު ކަނޑާލަނީ ދުރާލާ އެންގުމަށްފަހު ކަމަށްވެސް ކުންފުނިން ފާހަގަކޮށްފައިވެއެވެ.