Ads by Exprox

ޚަބަރު

އަހަރެއްހާ ދުވަހުގެ ތެރޭގައި ބައެއް ޕާކިން އިމާރާތްތައް ބޭނުންކުރަން ފެށޭނެ:ވަޒީރު

އަހަރެއްހާ ދުވަހުގެ ތެރޭގައި ބައެއް ޕާކިން އިމާރާތްތައް ބޭނުންކުރަން ފެށޭނެ:ވަޒީރު

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޭޕްރީލު 2025، 01:46

12 އޭޕްރީލު 2025، 01:46

މާލެ ސަރަހައްދުގައި ތަރައްޤީކުރާ ޕާކިން އިމާރާތްތަކުގެ ބައެއް އިމާރާތްތައް ނިންމައި އަހަރެއްހާ ދުވަހުގެތެރޭގައި ބޭނުންކުރަން ފެށޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލެ ފަހި ޕުރޮގުރާމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އެޗްޑީސީއާއި ގުޅިގެން 15 ޕާކިން އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ލަސްތަކެއްނުވެ ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑު އުންމީދު ކުރާގޮތުގައި މީގެ އަމަލީ މަސައްކަތްތަށް މާލަސްތަކެއްނުވެ ފެށިގެންދާނެ. ފެށިގެން ދިޔާމަަ ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭގައި ބައެއް އިމާރާތްތައް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ

ވަޒީރު މުޙައްމަދު އަމީން

މި 15 ޕާކިން އިމާރާތަކީ 4000 އުޅަނދު ޕާކުކުރެވޭނެ ޖާގައިގެ އިމާރާތްތަކެކެވެ. މިތަންތަނުން ޕާކިންއަށް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީކުރާ އުސޫލުންނެވެ. ވިޔަފާރި އުސޫލުން ތަރައްޤީކުރާ ޕާކިން އިމާރާތްތަކުގެ މަސައްކަތް ކުރިއަށްއޮތް ދެތިން އަހަރުގެ ތެރޭގައި ނިމޭނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ އުޅަނދުތައް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރާ އުޅަނދުތައް ލިމިޓްކުރުމާއި، އުޅަނދުތަކުގެ ޢުމުރު ކަނޑައެޅުމާއި، ޕާކިންއަށް ޚާއްސަ ސަރަޙައްދުތައް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން، ސަރުކާރުން މިހާރުވެސް ވަނީ ހުޅުމާލޭގައި ވަރަށް ގިނަ ބިންތަކެއް ވަގުތީ ޕާކިންގެ ގޮތުގައި ހަމަޖައްސާފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS