Ads by Exprox

ޚަބަރު

މާދަމާ ހެނދުނު 9:00ން ހަވީރު 17:00 އާއި ދެމެދު ހިޔާ ޓަަވަރު އެކަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާ ހެނދުނު 9:00ން ހަވީރު 17:00 އާއި ދެމެދު ހިޔާ ޓަަވަރު އެކަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ހިޔާ ފްލެޓް ޓަވަރުތައް. ފޮޓޯ: ދި އެޑިޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޭޕްރީލު 2025، 01:08

13 އޭޕްރީލު 2025، 01:08

13 އޭޕްރީލް 2025ވާ އާދީއްތަ ދުވަހު ހެނދުނުގެ 9:00އާއި ހަވީރު 17:00އާއި ދެމެދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުގެ ފުރަތަމަ ޓަވަރުގެ އެޕާޓްމެންޓު ތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓިރިކަލް ކޮމްޕެނީ(ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ތާވަލު ކުރެވިފައިވާކަމަށެވެ.

އެކިދުވަސްތަކަށް ޓަވަރުތައް ބަހާލައިގެން މި މަސައްކަތް ކުުރުމަށް ހަމަޖެހިފައިވާއިރު، ހިޔާގެ ފުރަތަމަ ޓަވަރުގައި މި މަސައްކަތް ކުރުމަށްޓަކައި 13 އެޕްރީލް 2025 ވާ އާދީއްތަ ދުވަހު ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

އަދި މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެކުންފުނިން މަޢާފަށް އެދިފައިވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS