ކުޅިވަރު

ލީގުގެ އެއްވަނައިގައި ބާސެލޯނާގެ ލީޑު ހަތް ޕޮއިންޓަށް ބޮޑުކޮށްފި

ލީގުގެ އެއްވަނައިގައި ބާސެލޯނާގެ ލީޑު ހަތް ޕޮއިންޓަށް ބޮޑުކޮށްފި

ބާސެލޯނާގެ ރޮބާރޓް ލެވަންޑޯސްކީ، ފޮޓޯ: ގެޓީއިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 އޭޕްރީލު 2025، 08:09

13 އޭޕްރީލު 2025، 08:09

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ލެގަނޭސް ބައްދަލުކުރި މެޗު 1-0 އިން ބާސެލޯނާ ކާމިޔާބުކޮށް އެ ޓީމަށް ލީގުގެ އެއްވަނައިގައި ލިބިފައި އޮތް ލީޑު ބޮޑުކޮށްފިއެވެ. ނަމަވެސް މި މެޗުގައި ބާސެލޯނާގެ ފުށުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. 

ބާސެލޯނާއަށް މި މެޗު ކާމިޔާބު ކުރެވުނީ ލެގަނޭސްގެ ޑިފެންޑަރު ޖޯޖު ސައެންސް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. ރަފީނިއާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން މި ބޯޅަ ގޯލަށް ފޮނުވާލުމަށް އޭރު ލެވަންޑޯސްކީ ވެސް ހުރީ ތައްޔާރަށެވެ.

ބާސެލޯނާއިން މި މެޗުގެ ކޮންޓްރޯލް ނަގައި އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، އެ ޓީމަށް އިތުރު ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު 31 މެޗުން މިހާރު ބާސެލޯނާއަށް 70 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް އެއް މެޗުގެ އެޑްވާންޓޭޖަކާއެކު ލިބިފައި އޮތީ 63 ޕޮއިންޓެވެ. އަދި ރެލިގޭޝަންގެ ބިރު ހީވެފައިވާ ލެގަނޭސް ލީގުގެ 19 ވަނައިގައި އޮތީ 28 ޕޮއިންޓާއެކުއެވެ.

ސްޕެނިޝް ލީގުގައި މިރޭ ވާދަވެރި ރެއާލް މެޑްރިޑް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އަނެއްކާވެސް ހަތަރު ޕޮއިންޓަށް ކުޑަވެގެންދާނެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS