ކުޅިވަރު

ތޮއްޑޫގައި ބާއްވާ ބައިނަލްއަޤްވާމީ ޓީޓީ މުބާރާތުގެ ބޭނުމަކީ ސްޕޯޓްސް ޓުއަރިޒަމް ފުޅާކުރުން: ކަރަމް

ތޮއްޑޫގައި ބާއްވާ ބައިނަލްއަޤްވާމީ ޓީޓީ މުބާރާތުގެ ބޭނުމަކީ ސްޕޯޓްސް ޓުއަރިޒަމް ފުޅާކުރުން: ކަރަމް

ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް މުބާރާތާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 އޭޕްރީލު 2025، 09:05

13 އޭޕްރީލު 2025، 09:05

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޓޭބަލް ޓެނިސް މުބާރާތް ތޮއްޑޫގައި ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤުސަދަކީ އެ ރަށަށް ސްޕޯޓްސް ޓުއަރިޒަމް ތަޢާރަފްކުރުން ކަމަށް އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް ވިދާޅުވެއްޖެއެވެ. 

"ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް މުބާރާތް"ގެ ނަމުގައި ކުރިޔަށް ގެންދަން ތައްޔާރުވަމުންދާ މި މުބާރާތް އޮންނާނީ މި އަހަރުގެ އޮގަސްޓުމަހުގެ 19 އިން 25 އަށެވެ. މިއީ 40 އަހަރުންމަތީގެ އުމުރުފުރާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. އަދި މިހާތަނަށް މި މުބާރާތުގައި 18 ޤައުމަކުން 100އަށް ވުރެ ގިނަ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކަރަމް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ޓުއަރިޒަމް ކުރިޔަށް ގެންދެވޭނީ ގޮނޑުދޮށްތަކުގެ އިތުރުން، އެހެން ކަންކަން ވެސް ތަޢާރަފްކޮށްގެން ކަމަށެވެ.

ތޮއްޑޫގެ ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ހަމައެކަނި ބީޗުގެ އިތުރަށް ބައެއްކަހަލަ ކުޅިވަރުތައް ހިމެނޭގޮތަށް ސްޕޯޓްސް ޓޫރިޒަމް ތައާރަފްކޮށް ލޯ ސީޒަންގައިވެސް ބެޑް އޮކިއުޕެންސީ ރަނގަޅަށް މެއިންޓެއިންކުރުމަށް މަގުފަހިކުރުމަށް ކުރެވޭކަމެއް.

ތޮއްޑޫ ކައުންސިލްގެ ރައީސް ކަރަމް ވިދާޅުވިއެވެ.

މީގެ އިތުރުން، ތޮއްޑޫގެ ޒުވާނުންނަށް ޓީޓީ ތަޢާރަފް ކުރުމަކީ ވެސް މި މުބާރާތުގެ މަޤުސަދެއްކަމަށް ކަރަމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މި މުބާރާތް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ އެއް ފަރާތްކަމަށްވާ "އިހާ ޓީޓީ ފައުންޑޭޝަނުގެ" ފަރާތުން ތޮއްޑޫ ސްކޫލުގެ ދަރިވަރުން މި ކުޅިވަރަށް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

މި މުބާރާތަކީ ތޮއްޑޫ ކައުންސިލާއި، ތޮއްޑޫ ލޯކަލް އޮތޯރިޓީގެ އިތުރުން އިހާ ޓީޓީ އެކަޑަމީއިން އިންތިޒާމުކުރާ މުބާރާތެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS