ސައިންސް
ބޯވާގެ ހުންނަނީ އެންމެ ހިތެއް ދެހިތެއް ނޫން !

ބޮވާ ފޮޓޯ:އިންޓަނެޓް
ބޯވާ ފދަ މަޚްލޫޤުތަކަކީ ހަމައެކަނި ވަންހަނާވުމާއި ފިލައިގެން އުޅުމުގެ ހުނަރުވެރިކަމުގެ މާހިރުންނެއް ނޫނެވެ . ބޯވާގެ ހުންނަނީ އެންމެހިތެއް ނޫނީ ދެ ހިތެއްވެސް ނޫނެވެ. ބޯވާގެ ތިން ހިތް ހުރެއެވެ.މިއީ އެސޮރަށް ބޭނުންވާ އަދަދަށް ވުރެން މާގިނަ ހިތޭވެސް ހީވެދާނެއެވެ. އެކަމަކު އެހެނެއް ނޫނެވެ.
މިކަން މިވަނީ މިގޮތަށެވެ: އެ ސޮރުގެ ދެ ހިތުން ލޭ ޕަންޕުކުރަނީ "ގިލްސް" ނަމަކަށް ކިއާ މަސްމަހާމެހި ނޭވާލުމަށް ބޭނުންކުރާ ނިޒާމުންނެވެ. އެހެންކަމުން ގިލްސް ބޭނުންކޮށްގެން އޮކްސިޖަން ނަގައެވެ. އަދި ތިންވަނަ ހިތުން އެ އޮކްސިޖަން ލެއާ އެކުވެފައި ހުންނަ މުއްސަނދި ލޭގެ ގޮތުގައި ހަށިގަނޑުގެ އެހެން ހުރިހާ ތަންތަނަކަށް ފޮނުވައެވެ. ނަމަވެސް ބޯވާ ކަނޑުއަޑީގައި ހަރަކާތްތެރި ވެ އުޅޭއިރު ތިންވަނަ ހިތް ޙަޤީޤަތުގައިވެސް ހިނގުން ހުއްޓާލައެވެ.
ސައިންޓިސްޓުން ދެކޭގޮތުގައި މިއީ ބޯވާ ފީނާފަ އުޅުމަށްވުރެން މަޑުމަޑުން ހިނގުމަށް އިސްކަންދޭ ސަބަބެވެ. ފީނާފައުޅުމަކީ އެ ތަކެއްޗަށް އިތުރަށް ހަކަތަ ބޭނުންވާ ކަމެކެވެ. އެއީ އެކަމުން އެ ތަކެތީގެ ލޭ ދައުރުކުރާ މައިގަނޑު ޕަންޕު ހުއްޓުވާލާތީއެވެ. އެހެންވުމުން ވަގުތީގޮތުން އެ ތަކެތީގެ ހަށިގަނޑަށް އޮކްސިޖަން ދައުރުވުން މަދުވެއެވެ.
މީގެއިތުރުން ބޯވާގެލޭ ނޫކުލައިގައެވެ. އެއީ ހީމޯސަޔަނިން ކިޔާ މުއްސަނދި ޕްރޮޓީނެއްގެ ސަބަބުންނެވެ. އެއީ ފިނި، އަދި ފުން ފެނުގެތެރޭގައި އޮކްސިޖަން އުފުލުމުގައި ހީމޯގްލޮބިންއަށްވުރެ ހަރުދަނާ އެއްޗެކެވެ. އެހެންކަމުން ބޯވާގެ ކަށިތަކެއް ނެތްނަމަވެސް، ފާހަގަކޮށްލެވޭ ވަރުގެ ހަރަކާތްތެރިކަމެއް އެ ތަކެތީގައި ހުރެއެވެ.