ކުޅިވަރު

އެފްއޭއެމްއިން ބާއްވަން އުޅުނު މުބާރާތުގައި ބައިވެރިވުމަށް ހުށަހެޅީ އެންމެ ތިން ކްލަބުން

އެފްއޭއެމްއިން ބާއްވަން އުޅުނު މުބާރާތުގައި ބައިވެރިވުމަށް ހުށަހެޅީ އެންމެ ތިން ކްލަބުން

2023 ވަނަ އަހަރުގެ ދިވެހި ލީގުގައި މާޒިޔާ، ފޮޓޯ: ހަމްޒާ މުޙައްމަދު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 އޭޕްރީލު 2025، 03:17

13 އޭޕްރީލު 2025، 03:17

ގިނަ ދުވަސްތަކަކަށްފަހު މި މަހު ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތައްޔާރުވަމުން ދަނިކޮށް، އެކަން މަޑުޖައްސާލުމަށްފަހު އޯގަސްޓު މަހަށް ފަސްކުރުމަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން އެންގުމާ ގުޅިގެން، އެފްއޭއެމްއިން ބާއްވާނެކަމަށް ބުނި ވާދަވެރި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅީ އެންމެ ތިން ކްލަބުންކަން ހާމަވެއްޖެއެވެ.

ފުޓުބޯޅަ ސީޒަން ފެށުން ފަސްކުރަން ޖެހުނު ނަމަވެސް، އިތުރު ވާދަވެރި މުބާރާތެއް ބޭއްވުމަށް އެފްއޭއެމްއިން ނިންމީ ޖޫން/ޖުލައި މަހު ގައުމީ ފުޓްބޯޅަ ޓީމަށް ސާފް ޗެމްޕިއަންޝިޕާއި އޭޝިއަން ކަޕް ކޮލިފައިން އޮތުމުންނާ އެކު، ފުޓްބޯޅަ ނުކުޅެ ގިނަ ދުވަސްވާތީ ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދުމަށެވެ.

މިކަމާ ގުޅިގެން އެފްއޭއެމްއިން ކްލަބުތަކަށް ފޮނުވި ސާރކިއުލާގައި ބުނީ ފީފާ އާއި އޭއެފްސީ އިން ކަނޑައަޅާ އުސޫލުތަކާ ގަވާއިދުތަކާ އެއްގޮތަށް، މި މަހުގެ ފަހު ހަފްތާ އިން ފެށިގެން މެއި މަހުގެ ނިޔަލަށް މުބާރާތެއް ބޭއްވުމަށް ކަމަށާއި، ފުރަތަމަ ކަމަކަށް އެ މުބާރާތުގައި ބައިވެރިވާނެ ޓީމުތަކުގެ އަދަދު ފީފާ އަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

އަދި އެފްއޭއެމްއިން މި މުބާރާތުގައި ބައިވެރިވުމަށް ދިން މުހުލަތު މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވެފައިވާއިރު، މުބާރާތުގައި ވާދަކުރުމަށް ނިންމައި، އެކަން އެފްއޭއެމަށް އެންގީ ތިން ކްލަބަކުންނެވެ. އެއީ، ލީގު ޗެމްޕިއަންކަން އެންމެ ފަހުން ހޯދި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން، ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން، އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ އޮޑި ސްޕޯޓްސް ކްލަބުންނެވެ.

ރާއްޖޭގައި މިހާރު ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތެއް ކުޅެފައިނުވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެގޮތުން 2023 ވަނަ އަހަރު ހުއްޓާލިގޮތަށް މިދިޔަ އަހަރު ވެސް އެއްވެސް މުބާރާތެއް ކުޅެފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS