Ads by Exprox

ޚަބަރު

ޕީޖީ އޮފީހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެއޮފީހުގެ ދެ ޕްރޮސިކިޔުޓަރަކު ސަސްޕެންޑް ކޮށްފި

ޕީޖީ އޮފީހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެއޮފީހުގެ ދެ ޕްރޮސިކިޔުޓަރަކު ސަސްޕެންޑް ކޮށްފި

ޕީޖީގެ އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޭޕްރީލު 2025، 04:30

13 އޭޕްރީލު 2025، 04:30

ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެއޮފީހުގެ ދެ ޕްރޮސިކިޔުޓަރަކު ސަސްޕެންޑް ކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އެ އޮފީހުގެ ސުލޫކީ މައްސަލަ ބަލައި ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ މައްސަލަ ބަލައި ނިމެންދެން ދެ ޕްރޮސިކިޔުޓަރަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. 

އަދި މި މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި ޕީޖީ އޮފީހުން ޤަބޫލުކޮށް ހިފަހައްޓަމުންދާ އަޚުލާޤީ މިންގަނޑާ ޚިލާފުވުމުގެ މައްސަލައެއްކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.މި މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު، ފުލުހުންވެސް މި މައްސަލަ ތަޙުޤީޤުކުރަމުންދާ އެއޮފީހުން ބުނެފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS