Ads by Exprox

ޚަބަރު

ދ. މީދޫ އައިސްޕްލާންޓް އެޅުމަށް އެރަށު ކައުންސިލުން 3000 އަކަފޫޓުގެ ބިމެއް ހަޖައްސައިދީފި!

ދ. މީދޫ އައިސްޕްލާންޓް އެޅުމަށް އެރަށު ކައުންސިލުން 3000 އަކަފޫޓުގެ ބިމެއް ހަޖައްސައިދީފި!

މީދޫގައި އައިސްޕްލާންޓް ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ:މިފްކޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 އޮކްޓޯބަރު 2024، 04:13

02 އޮކްޓޯބަރު 2024، 04:13

ދ. މީދޫ އައިސްޕްލާންޓް އެޅުމަށް އެރަށު ކައުންސިލުން 3000 އަކަފޫޓުގެ ބިމެއް ހިލޭ ހަމަޖައްސައިދީފިއެވެ. 

ދ. މީދޫ އައިސްޕްލާންޓަކީ ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގެ ތެރެއިން އަލަށް ޤާއިމްކުރާ އައިސްޕްލާންޓެކެވެ. މީދޫ އައިސްޕްލާންޓުގެ އެއްބަސްވުމުގައި މަސްވެރިކަމާ ކަނޑުގެ ދިރުންތަކާ ބެހޭ ވުޒާރާއާއި މިފްކޯއިން ސޮއިކުރީ ނިމުނު ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

މީދޫ ކައުންސިލުން މި އައިސްޕްލާންޓް އެޅުމަށް ބިން ހަމަޖައްސައިދިނުމާ ގުޅިގެން މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވެފައިވަނީ މި އައިސްޕްލާންޓާއެކު އެ ސަރަހައްދުގެ މަސްވެރީންނަށް ނުވަތަ މަސްވެރިކަމަށް އައިސް ލިބޭގޮތް ވުމުން މިފްކޯއަށް ތާޒާ ކަނޑުމަސް ލިބިގެންދާނެކަމަށެވެ.

މިކަމާ ގުޅިގެން މީދޫ ކައުންސިލްގެ ރައީސް އިބްރާހީމް ނަސީމް ވިދާޅުވެފައިވަނީ، މުސްތަޤުބަލުގައި މީދޫއަށް މަސްއޮޑިފަހަރުގެ އައިސް އަޅަން ދިއުމުން އެރަށުގެ އިޤްތިޞާދީ އޮއިވަރު ބަދަލުވެ، ކުދި ވިޔަފާރިތަކުގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

 އަދި މީދޫގެ އިތުރުން އެ ރަށާ ކައިރި ރަށްރަށުގެ ފަރުމަސް ވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރޯމަހުގެ މަސައްކަތުގައި އުޅޭ އާންމުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ނަސީމް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން މީދޫގެ އިތުރުން ދ. ބަނޑިދޫ އާއި ށ. ފުނަދޫގައި އަޅާ ކޮންމެ އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ.

މީގެ އިތުރުން ކޮންމެ ޕްލާންޓަކާއެކު 50 ޓަނުގެ އައިސް ސްޓޯރޭޖެއް ހަދާނެއެވެ.

ޖުމްލަ 24 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކޮންމެ އައިސް ޕްލާންޓެއް ހެދުމަށް 8 މިލިއަން ރުފިޔާ ހޭދަވާނެއެވެ. އަދި މިއީ ސަރުކާރުން މިފްކޯއަށް ފައިސާ ދީގެން ހިންގާ މަޝްރޫއެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco