ޚަބަރު
ސައުދީ ފަންޑުގެ ސީއީއޯ، ވީއައިއޭ ބޮޑުކުރުމަށާއި 400 ފްލެޓު އެޅުމަށް ފައިސާ ދޭން ނިންމަވައިފި

ސައުދީ ފަންޑުގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދު/ފޮޓޯ: މިހާރު
ސައުދީ ފަންޑުގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދު ވީއައިއޭ ބޮޑުކުރުމަށާއި، 400 ފްލެޓު އެޅުމަށް ފައިސާ ދޭން ނިންމަވައިފި އެވެ.
ސައުދީ ފަންޑުގެ ސީއީއޯ މިފަދައިން ނިންމަވާފައިވަނީ، އެމަނިކުފާނު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިނިސްޓްރީ އޮފް ފިނޭންްސް އިން ހާމަކޮށްފައިވާ ގޮތުގައި ސައުދީ ފަންޑުގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދު ވަނީ މިއަދުގެ މެންދުރުފަހުގެ ވަޤުތެއްގައި ރާއްޖެ ވަޑައިގެންފައެވެ. އަދި އެމަނިކުފާނު ތިން ދުވަހުގެ މުއްދަތަކަށް ރާއްޖޭގައި މަޑުކުރައްވާނެކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ. ހަމަ އެހެންމެ، ވީއައިއޭއިން އެ މިނިސްޓްރީގެ ސީނިއާ އޮފިޝަލުންވަނީ ސީއީއޯއަށް މަރުހަބާ ދަންނަވައިފައެވެ. މި ދަތުރުފުޅުގައި ސީއީއޯ ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، ވީއައިއޭ ބޮޑުކުރުމުގެ މަސައްކަތުގެ އިތުރުން، 400 ފްލެޓު އެޅުމަށް ފައިސާ ހަޖައްސައިދޭން ނިންމައިފައެވެ.
މި ސަރުކާރުން ވީއައިއޭ ތަރައްޤީ ކުރުމަށް އެކުލަވާލާފައިވާ އައު ޕްލޭންގެ ތެރޭގައި ހިމެނެނީ:
- 25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ އައު ޓާމިނަލެއް
- ޕްރައިވެޓު ޖެޓުތަކަށް ޚާއްސަ ޓާމިނަލެއް
- ސީޕްލޭންގެ ޚިދުމަތް ތަރައްގީކޮށް އިތުރަށް ފުޅާކުރުން
- ފިއުލް ކެޕޭސިޓީ 100 މިލިއަން ލިޓަރާ ހަމަޔަށް އިތުރުކުރުން
- ކާގޯ ޓާމިނަލް 300،000 މެޓްރިކް ޓަނަށް އިތުރުކުރުން
- މަތިންދާ ބޯޓުގެ ޕާކިން ޖާގަ 73 އިންސައްތައަށް އިތުރުކުރުން
- އައު އެމްއާރުއޯ ފެސިލިޓީއެއް ގާއިމްކުރުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނިީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްޤީއަށް ޔޫއޭއީ ސަރުކާރު މެދުވެރިކޮށް 1.2 ބިލިއަން ރުފިޔާ ހޯއްދަވާފައެވެ.