ކުޅިވަރު

ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު މިދިޔަ ފަހަރަށް ވުރެ ދެގުނަ އިތުރު ކުރުމަށް ހުށަހަޅައިފި

ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު މިދިޔަ ފަހަރަށް ވުރެ ދެގުނަ އިތުރު ކުރުމަށް ހުށަހަޅައިފި

ދެކުނު އެމެރިކާ ބައްރުން ހުށަހެޅީ2030 ގައި 64 ޓީމު ބައިވެރި ކުރުވަން ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 އޭޕްރީލު 2025، 07:52

14 އޭޕްރީލު 2025، 07:52

2030 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު މިދިޔަ ފަހަރަށް ވުރެ ދެގުނަ އިތުރު ކުރުމަށް ރަސްމީކޮށް ދެކުނު އެމެރިކާ ބައްރުން ހުށަހަޅައިފިއެވެ. އެ ބައްރުން ހުށަހެޅީ އެ މުބާރާތުން 64 ގައުމަށް ޖާގަ ދިނުމަށެވެ.

ދެކުނުއެމެރިކާއިން މި ގޮތަށް ހުށަހެޅީ، ވޯލްޑް ކަޕް ކުޅެން ފެށިތާ 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ. 

އެ ބައްރުން މި ގޮތަށް ހުށަހަޅާފައިވާއިރު، 2022 ގައި ގަތަރުގައި އޮތް ވޯލްޑް ކަޕަކީ 32 ޓީމާއެކު އެންމެ ފަހުން ކުޅޭނެ ވޯލްޑް ކަޕެވެ. އަދި މި އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގައި 48 ޓީމު ބައިވެރިކުރަން ފީފާއިން ނިންމާފައިވާއިރު، 2030 އަށް އަނެއްކާ ވެސް މި އަދަދު އިތުރުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

މި ހިޔާލަށް ވަނީ މީގެ ކުރިން ވާހަކަ ދައްކާފައެވެ. އެއީ މާޗު މަހު އޮތް ފީފާ ކައުންސިލް ބައްދަލުވުމެއްގައި އުރުގުއޭއިން ހުށަހެޅި ހިޔާލެކެވެ. އުރުގުއޭއަކީ ފުރަތަމަ ވޯލްޑް ކަޕް ބޭއްވި ގައުމެވެ، އަދި އެ މުބާރާތް ކާމިޔާބުކުރި ގައުމު ވެސް މެއެވެ.

މި ހިޔާލާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ވިދާޅުވީ، މިއީ ވަރަށް ބޮޑަށް ދިރާސާކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މި ކަމަށް ގޮތެއް ނިންމޭނީ އެއަށްފަހު ކަމަށް އޭނާ ފާހަގަ ކުރެއްވެވިއެވެ.

ނަމަވެސް މި ހިޔާލާ ދެކޮޅަށް މިހާރު ވެސް ވަނީ ގިނަ ބަޔަކު ވާހަކަ ދައްކާފައެވެ. އެއް ބަޔަކީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއެވެ. އެޖަމާއަތުގެ ރައީސް އެލެގެޒެންޑާ ސެފެރިން ވަނީ މި ހިޔާލަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައެވެ. 

އަންނަ މޭ މަހުގައި ޕެރަގުއޭގައި ބާއްވާ ފިފާ ކޮންގްރެންސްގައި މި ބަދަލަށް ވޯޓަށް އަހާނެއެވެ. މި ގޮތަށް މުބާރާތް ބާއްވަން ފާސްވެއްޖެނަމަ ވޯލްޑްކަޕުގައި 128 މެޗު ކުޅެންޖެހޭނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS