ޚަބަރު
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައިގެ މުހިންމު މަރާމާތުތަކެއް ކުރަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައިގެ މުހިންމު މަރާމާތުތަކެއް ކުރަނީ ފޮޓޯ:ސްޓެލްކޯ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައަށް ދިމާވެފައިވާ ކްރިޓިކަލް މައްސަލަތަކެއް ހައްލުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މުހިންމު މަސައްކަތްތަކެއް ފަށައިފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި މަސައްކަތުގެ ސަބަބުން މިއަދު ހެނދުނު 9:00 އިން ފެށިގެން ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް މި މަސައްކަތަކީ ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލެއްވުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދެން
ސްޓެލްކޯ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަސްޓަމަރުންގެ ސަމާލުކަމަށް! ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައަށް ދިމާވެފައިވާ ވަރަށް ކްރިޓިކަލް މައްސަލަތަކެއް ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. މި މަސައްކަތުގެ ތެރެއިން މިއަދު ހެނދުނު 9:00 އިން ފެށިގެން ދެވަނަ ފިޔަވަހީގެ… pic.twitter.com/00lZOMacNw
— STELCO (@STELCOMALDIVES) April 14, 2025