ދުނިޔެ

ފިލިޕީންސްގެ މެދުތެރޭގައި ހުންނަ އަލިފާން ފަރުބަދައެއް ގޮވާ ބިންހެލުންތަކެއް އަތުވެއްޖެ

ފިލިޕީންސްގެ މެދުތެރޭގައި ހުންނަ އަލިފާން ފަރުބަދައެއް ގޮވާ ބިންހެލުންތަކެއް އަތުވެއްޖެ

އަލިފާން ފަރުބަދައިގެ ދުންތައް/ފޮޓޯ: އިންޓަރނެޓް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 އޭޕްރީލު 2025، 07:11

14 އޭޕްރީލު 2025، 07:11

ފިލިޕީންސްގެ މެދުތެރޭގައި ހުންނަ އަލިފާން ފަރުބަދައެއް ގޮވާ، އެ ސަރަޙައްދަށް ގިނަ އަދަދެއްގެ ބިންހެލުންތަކެއް އައިސްފައިވާކަމަށް އެ ޤައުމުގެ ވޮލްކަނޮލޮޖިސްޓުން ބުނެފިއެވެ.

ބިންހެލުންތައް އައިސްފައިވަނީ ފިލިޕީންސްގެ މެދުތެރޭގައި ހުންނަ ފަރުބަދައެއް ކަމަށްވާ މައުންޓް "ކަންލޯން" ގޮވުމާއި ގުޅިގެންކަމަށް އެ ޤައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިއަދު ހެނދުނު 11:52 ހާއިރުން ފެށިގެން މި އަލިފާން ފަރުބަދައިން ބުރާފައިވާ ދުންތައް ވަނީ ގާތްގަނޑަކަށް 800 މީޓަރުގެ އުސްމިނަށް ފެތުރިފައެވެ. މިކަމާއި ގުޅިގެން އެ ސަރަޙައްދުގައި ހަރަކާތްތެރިވާ އެމެޖެންސީ ވޯކަރުން ބުނީ، އެ އަލިފާން ފަރުބަދައިގެ ހުޅަނގާއި ހުޅަނގު އުތުރުން އަޅި ފެތުރެމުންދާ ކަމަށާއި، ލާ ކާލޯޓާ ސިޓީ، ބާގޯ ސިޓީ އަދި ކައިރި އެހެން އަވަށްތަކުގެ ރައްޔިތުން މި ކަމަށް ސަމާލުވުން މުހިންމު ކަމަށެވެ. ހަމަ އެހެންމެ، މި ސަރަޙައްދަށް މިހާރު ވަނީ ތިންވަނަ ދަރަޖައިގެ ސަމާލު ނެރިފައިކަމަށް އިމަޖެންސީ ވޯކަރުން ބުނެއެވެ.

ފިލިޕީންސްގައި ހަރަކާތްތެރިވާ ވޮލްކަނޮލޮޖިސްޓުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިއަދު ހެނދުނު 10:00 އާއި ހަމައަށް ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި މައުންޓް ކަންލޯންއަށް މަދުވެގެން 33 ބިންހެލުން ވަނީ އައިސްފައެވެ. އަދި މިއީ އެކި ބާރުމިނުގެ ބިންހެލުންތަކަށް ވާއިރު، ބިންހެލުންތަކުގެ ސަބަބުން ފިލިޕީންސްގެ އެއްވެސް ހިސާބަކަށް ގެއްލުންވެފައިވާ ކަމުގެ މަޢުލޫމާތެއް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައެއް ނުވެއެވެ.

މި އަލިފާން ފަރުބަދަ ހުންނަނީ ފިލިޕީންސްގެ މެދުތެރޭގައި ހުންނަ "ނެގްރޯސް އައިލެންޑް" ގެ 13،310 ކިލޯމީޓަރު ސަރަހައްދެއްގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS